ރައީސް މުއިއްޒުގެ ކެބިނެޓް
ރައީސް މުއިއްޒުގެ 22 ވަޒީރުންގެ ކެބިނެޓް ހުވާކުރައްވައިފި
އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓް އައްޔަންކުރައްވައިފި އެވެ. ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުން ވަނީ ދެންމެ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރުންނަށާއި ބަންޑާރަ ނައިބަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންނެވެ.
ފާހަގަކޮށްލެވޭ - ރައީސް މުއިއްޒުގެ ކެބިނެޓަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ވަޒީރުންގެ މަޖިލިސްތަކުގެ ތެރެއިން މެމްބަރުން އެންމެ ގިނަ ކެބިނެޓެވެ.
އާ ސަރުކާރުގެ ކެބިނެޓް:
-
1-
މިނިސްޓަ އޮފް ޑިފެންސް: ގަައްސާން މައުމޫން
-
2-
މިނިސްޓަ އޮފް ފޮރިން އެފެއާޒް: މޫސާ ޒަމީރު
-
3-
މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން
-
4-
ބަންޑާރަ ނައިބު: އަހްމަދު އުޝާމް
-
5-
މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދު
-
6-
މިނިސްޓަ އޮފް ފިނޭންސް: ޑރ. މުހައްމަދު ޝަފީީގް
-
7-
މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހުމަދު
-
8-
މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ: ތޯރިގް އިބްރާހިމް
-
9-
މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުﷲ މުއްތަލިބު
-
10-
މިނިސްޓަ އޮފް ހެލްތު: ޑރ. އަބްދުﷲ ހަލީލު
-
11-
މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: އަބްދުﷲ ރާފިއު
-
12-
މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހިމް ވަހީދު
-
13-
މިނިސްޓަ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ: ޑރ. އައިޝަތު ރަމީލާ
-
14-
މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް: އާދަމް ޝަރީފް އުމަރު
-
15-
މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
-
16-
މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑރ. އައިޝަތު ޝިހާމް
-
17-
މިނިސްޓަ އޮފް ޓޫރިޒަމް: އިބްރާހިމް ފައިސަލް
-
18-
މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
-
19-
މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހްމަދު ޝިޔާމް
-
20-
މިނިސްޓަ އޮފް އެޑިއުކޭޝަން: ޑރ. އިސްމާއިލް ޝަފީއު
-
21-
މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. މަރިޔަމް މާރިޔާ
-
22-
މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހީމް
އާ ސަރުކާރުގެ ބައެއް ވަޒީރުންނަކީ ސިޔާސީ ދާއިރާއަށް މުޅިން އާ މޫނުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަސް ބޭފުޅަކު ވެސް ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަ އެވެ.
ކުރީގެ ރައީސުންގެ ކެބިނެޓްގެ މެމްބަރުންގެ އަދަދުތައް:
-
މުހައްމަދު ނަޝީދު: 16
-
ޑރ. މުހައްމަދު ވަހީދު: 18
-
އަބްދުﷲ ޔާމީން: 16
-
އިބްރާހިމް މުހައްމަދު ސޯލިހް: 19
އެނގުން މުހިއްމު - މިއަދު ކެބިނެޓު މެމްބަރުން ހުވާ ކުރެއްވުމަށް ފަހު ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމެވެެ. މަޖިލީހުގައި 55 މެންބަރުންނާ އެކު ސާފު އަގުބިއްޔަތު އޮތީ، މިއަދުން ފެށިގެން އިދިކޮޅު މައި ޕާޓީއަށްވި، އެމްޑީޕީ އަށެވެ.
ކޮމެންޓް (1)
އައުދާނަ