ހައި ކޯޓު

ހައި ކޯޓު

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓު ފަނޑިޔާރުކަމަށް ހުޅުވާލާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލު ރިޓަޔަކުރައްވާފައި ވަނިކޮށް

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރެއްވުމުން ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރު ކަމުން ރިޓަޔަކުރައްވަން ޝަކީލު ހުށަހެޅުއްވި ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައިގަންނަން ނިންމީ މިދިޔަ ހަފްތާގަ އެވެ. ޖޭއެސްސީން ބުނެފައިވާ ގޮތުން ޝަކީލު ރިޓަޔާކުރައްވަނީ ހިތުގެ ބައްޔެއް ކަމަށްވާ 'ސިކް ސައިނަސް ސިންޑްރޯމް' ތަހައްމަލްކުރައްވަމުން ގެންދަވާތީ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ.

ތަފްސީލް - މިއަދު އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ވާގޮތުން އެ މަގާމަށް އެދި ކުރިމަތިލާން ހުށަހަޅާނީ، އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ - 36،000ރ.

  • ލިވިން އެލަވަންސް - 15،000ރ.

  • ރިސްކް އެލަވަންސް - 3،300ރ.

  • މެޑިކަލް އިންޝިއުރެންސް

  • ފޯން އެލަވަންސް

ގުޅުންހުރި ކަމެއް - ހައި ކޯޓުގެ ހުސްވެފައިވާ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ވެސް މިދިޔަ މަހުގެ 26ގައި ބޭފުޅަކު ވަނީ އައްޔަން ކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް