އަހުމަދު ޝަކީލް (ފައިލް ފޮޓޯ/އަވަސް)

ޝަކީލް އާލާސްކަންފުޅަކާ ގުޅިގެން ރިޓަޔަކުރުން ޖޭއެސްސީން ފާސްކޮށްފި

ޖޭއެސްސީން ބުނި ގޮތުގައި، ޝަކީލަށް ކުރިމަތިވެފައި ވަނީ ހިތުގެ ބައްޔެއް ކަމަށްވާ ސިކް ސައިނަސް ސިންޑްރޯމް؛ އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަ ލައްވާފައިވޭ

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެެއް؟ - ޖޭއެސްސީން ބުނި ގޮތުގައި، ޝަކީލު ރިޓަޔަމަންޓަށް ހުށަހަޅުއްވާފައިވަނީ، ހިތުގެ ބައްޔެއް ކަމަށްވާ ސިކް ސައިނަސް ސިންޑްރޯމް ތަހައްމަލްކުރައްވަމުން ގެންދަވާތީ އެވެ. ޝަކީލްގެ ހުށަހެޅުން ބަލައިގަންނަން ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިންތިފާގުންނެވެ. 

ތަފްސީލް - ޖޭއެސްސީން ބުނި ގޮތުގައި:

  • ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، ސިއްހީ ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ރިޓަޔަވުމަށް އެދިވަޑައިގެން، ގަވައިދުގައި ބަޔާންކޮށްފައިވާ ފަދައިން ބައްޔާ ބެހޭ ސްޕެޝަލިސްޓް ޑޮކްޓަރުގެ ލިޔެކިއުމާ އެކު ޝަކީލް ހުށަހަޅުއްވާފައިވޭ

  • އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަ ލައްވާފައިވޭ

  • މި ބައްޔާ ހުރެ، ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ލަފާތަކަށް، ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައިވޭ

އެނގުން މުހިންމު - ސިއްހީ ސަބަބަކާ ހުރެ ފަނޑިޔާރުން ރިޓަޔަކުރުމަކީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޖޭއެސްސީން އަމަލުކުރަމުން އަންނަ އުސޫލެކެވެ. ސިއްހީ ސަބަބަށްޓަކައި މި އަހަރުގެ މިހާތަނަށް ހަތަރު ފަނޑިޔާރަކު ރިޓަޔަކުރައްވާފައިވެ އެވެ.

މި ފަހުން އަމަލުކުރަން ފެށި 'ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވާއިދު' ބުނާ ގޮތުން، ޝަރުފުވެރިކަމާ އެކު ރިޓަޔާކުރައްވާ ފަނޑިޔާރުންނަށް އިނާތް ލިބިވަޑައިގަންނަވާނެ އެވެ.

ޝަކީލްގެ ތައާރަފެއް

  • ޝަކީލު ވަނީ ފަނޑިޔާރުކަމުގައި 20 އަހަރު ހިދުމަތް ކުރައްވާފައި

  • ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވައިގެން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށު ކުށްޔަށް ދިނުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ޝަކީލު

  • ޕީޕީއެމް-ޕީއެންސީން ގަބޫލުކުރަނީ ޔާމީންއަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ "ހަރާން" ހުކުމެއް ކަމަށް؛ ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ޝަކީލުގެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު އެ ޕާޓީން މީގެ ކުރިން ވަނީ ދީފައި

  • ޝަކީލު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ މިދިޔަ މާޗު މަހު

އިތުރު އާޓިކަލް

އިތުރު އާޓިކަލް