ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފަތުރުވެރިކަން ރަނގަޅުވެ އޭގެ އަސަރު އިގްތިސާދީ ހުރިހާ ދާއިރާތަކަށް އަންނަނީ ކުރަމުން (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)

މީރާ

ޓޫރިޒަމް ދާއިރާގެ ޓެކްސް އިތުރުވެ އާމްދަނީއަށް އެއްބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އަށް ވުރެ މި އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ ވަނީ %55.7 އިތުރުވެފައި

މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތައް އިތުރުވުމުން ކަމަށެވެ.

ވީ ކިހިނެއް؟ - މީރާ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ދައުލަތުގެ ޓެކްސް އާމްދަނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އަށް ވުރެ މި އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ ވަނީ %55.7 އިތުރުވެފަ އެވެ.

އާންމުދަނީ އިތުރުވި ސަބަބުތަކަކީ:

  • ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޓެކްސް އަދި ފީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުމުން

  • މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު %12 އިތުރު

  • ޓޫރިޒަމް ލޭންޑު ޓެކްސް އިން ލިބުނު އާމްދަނީ ވެސް އިތުރު

މިދިޔަ މަހު ލިބުނު އާމްދަނީ އަކީ ލިބޭނޭ ކަމަށް ލަފާކުރި އާމްދަނީ އަށްވުރެ %39.2 އިތުރު އަދަދެކެވެ. މިދިޔަ މަހު ވަނީ ޓެކުހުގެ ގޮތުގައި 38.20 މިލިއަން ޑޮލަރު ލިބިފަ އެވެ.

އޮކްޓޯބަރު މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ

  • ޖީއެސްޓީ: 584 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %.58.4)

  • އިންކަމް ޓެކްސް: 117 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %11.8)

  • ޓޫރިޒަމް ލޭންޑް ޓެކްސް: 65 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %6.5)

  • ގްރީން ޓެކްސް: 57 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.7)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 50 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5)

މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބުނު އިރު ޓެކްސް ނޫން އާމްދަނީގެ ގޮޮތުގައި ވަނީ 187 މިލިއަން ރުފިޔާ ލިބިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް