ވިނަރެސް ފްލެޓުތައް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިނަރެސް ފްލެޓު

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތުން ފައިސާ ދައްކާއިރު ނަގާ އިންޓަރެސްޓް %6އަށް ކުޑަކޮށްފި

އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 3.5 މިލިއަން ރުފިޔާއާ ދެމެދުގައި؛ ކުރިން އިންޓަރެސްޓްގެ ގޮތުގައި ނެގީ %9

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން ނަގާ އިންޓަރެސްޓު ރޭޓު %9 އިން %6އަށް މިއަދު ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލާ އެކު، ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓަށް ފައިސާ ދައްކާ މީހުންނަށް ފައިސާ ދެއްކުމުގައި ލުއި ލިބޭނެ ކަމަށެވެ.

ތަފްސީލް - ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު 288 މީހަކާ އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ބައެއް އެޕާޓުމެންޓުތަކުގައި މީހުން ދިރިއުޅެން ވެސް ވަނީ ފަށާފަ އެވެ.

ވިނަރެސް ފްލެޓުތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން އަޅަން ފެށި ފްލެޓުތައް ނިންމައި 20 ޖޫން 2022ގައި އާބަންކޯއާ ވަނީ ހަވާލުކޮށްފަ އެވެ.

  • ވިނަރެސް ފްލެޓުތަކުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭ

  •  އެއީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް

  • އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 3.5 މިލިއަން ރުފިޔާއާ ދެމެދުގައި

  • ކޮންމެ ފަންގިފިލާއެއްގައި ހުންނާނީ ހަ އެޕާޓްމަންޓް؛ ހުރިހާ ތަނެއް ވެސް ހުންނާނީ އޭސީކޮށްފައި

  • ޓަވަރުތަކުގައި ދެ ލިފްޓު ހުންނާނެ؛ ޓަވަރުތަކަށް ވަދެވޭނީ އެކްސެސް ކާޑު ބޭނުންކޮށްގެން

  • 24 ގަޑިއިރު ސީސީޓީވީ ސަވެއިލަންސް

  • ފަސޭހައިން ކުނި އުކޭ ގޮތަށް ކޮންމެ ފަންގިފިލާއެއްގައި ގާބޭޖް ޝޫޓް ހުންނާނެ

  • ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އަލިފާން ނިއްވޭނެ ގޮތް ހުންނާނެ

  • ޕާކިން، ރެސްޓޯރެންޓް އަދި ޖިމް ފަދަ ތަންތަނަށް ޖާގަ ހުންނާނެ

ކޮމެންޓް (1)

އައިޖޭ

22 އޮކްޓޯބަރު 2023
ޔާމިން އިރު ހަދަކަށް ނުފަށާދޯ..... އެއިރު ސޮއި ކުރީ، އެކަމު ފަންޑް ރިއަލައިޒް ވެ، މަސައްކަތް ފެށީ 2020 ގައި ދޯ
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް