ގާސިމް އިބްރާހިމް، 6 ސެޕްޓްމެބަރު 2023ގައި ލ. ގަމަށް ކުރެއްވި ދަތުރެއްގެ ތެރެއިން (ފޮޓޯ/ޖޭޕީ)

ގާސިމް ގުރުއާނުގެ ތަފްސީރެއް އޮންލައިންކޮށް ހަދިޔާކުރައްވައިފި

ފޮތް ޗާޕުކޮށްގެން ރާއްޖޭގެ ކޮންމެ ގެއަކަށް ކޮޕީއެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި

ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިވެހިންނަށް ކީރިތި ގުރުއާނުގެ ތަފްސީރެއް ހަދިޔާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސައުދީ އަރަބިއްޔާ އިން ނެރެފައިވާ އައްތަފްސީރުލް ވާސިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ތަރުޖަމާގެ ޑެސްކްޓޮޕް ވާޝަން މިއަދު ވަނީ ނެރެފަ އެވެ.

ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ސޯޝަލް މީޑިއާގައި ވިދާޅުވީ 'ފަސޭހަ ތަފްސީރު'ގެ ނަމުގައި އެކުލަވާލާފައިވާ ހަ ވޮލިޔުމްގެ މި ފޮތް ޗާޕުކޮށްގެން ރާއްޖޭގެ ކޮންމެ ގެއަކަށް ކޮޕީއެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

  • މި ފޮތުގެ ޑެސްކްޓޮޕް ވާޝަންގެ ސޮފްޓު ލޯންޗިން މިދިޔަ މަހު ބޭއްވި

  • މިރެއިން ފެށިގެން އެ ވާޝަން ވަނީ އާންމުކޮށްފައި

ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ވިދާޅުވީ މި މަސައްކަތް ކުރުމުގެ މެދުވެރިއަކަށްވީ ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރުގެ މަގާމުގައި 1999 އިން 2005 އަށް ހުންނެވި އައްސައްޔިދު އިޔާދު ބުން އަމީން މަދަނީ ކަމަށެވެ. އޭނާގެ ދައުވަތަކަށް ގާސިމް އާއި އާއިލާ ކުރެއްވި ހައްޖު ދަތުރެއްގައި، މަދީނާގައި ހުންނަ ގުރުއާން ޗާޕުކުރާ ޗާޕުހާނާ ބައްލަވާލެއްވުމަށް ދެއްވި ފުރުސަތަކީ މި މަސައްކަތް ކުރުމަށް މެދުވެރިވި ސަބަބު ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ދަތުރުގައި ސައުދީ މިނިސްޓަރު ވަނީ އޭރު ދުނިޔޭގައި އޮތް އެންމެ ކުރު، އެހެނަސް އެންމެ ތަފްސީލުކޮށް ޝަރަހަ ކޮށްފައިވާ ގުރުއާން ތަފްސީރު ގާސިމްއަށް ހަދިޔާއަކަށް ދެއްވައިފަ އެވެ.

"ހަމަ އެވަގުތުގައި މިފޮތް ދިވެހިބަހުން ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކޮށް ދިނުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދި، އެކަމަށް އަޅުގަނޑު ނިޔަތްގަތީމެވެ،" ތަފްސީރު ފެށުމުގެ ގޮތުން ގާސިމް ލިޔުއްވާފައިވާ މެސެޖުގައިވެ އެވެ.

ކޮމެންޓް (2)

އިސްރާ 4

18 އޮކްޓޯބަރު 2023
މި ތަފްސީރުގެ 17 ވަނަ ސޫރަތުގެ ހަތަރު ވަނަ އާޔަތުން ފެށިގެން ކިޔާ އިރުގަ އެބައޮތް ފަލަސްތީނާއި އެތާގެ ވަށަވަށާގެން ވާ ތަންތާގައި އިހު ޒަމާނުގައި ދިރިއުޅުނީ ޔަހޫދީން ކަމަށް. މީ ރަގަޅު ތަފްސީރެއް ތޯ. ޔަހޫދީން ފަލަސްތީނުގެ ބިމަށް އައީ ޔޫރަޕާ އެމެރިކާއިން 1947ގެ ވެސް ފަހުން ޒަޔަނިސްޓުންގެ ސިއްރު ރޭވުމުން. ތާރީޚް އޮޅުވާ ނުލާ.
0 1

ޚަދީޖާ އިބްރާހިމް

18 އޮކްޓޯބަރު 2023
إنشا الله ތިބާއަށް މާތްﷲހެޔޮޖަޒާ ދެއްވާށި އަދި قرآن تفسير ގެބޭނުން ހެޔޮގޮތުގައި ހިފި ކޮންމެ މީހަކަށް މާތްﷲ ހެޔޮجزا ދެއްވާށި آمين وجزاكم الله خيرا. ياقاسم إبراهيم
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް