ގާޒީ ސްކޫލުގެ ތެރެއަށް ވެއްޓި އެ ސްކޫލުގެ ދަރިވަރަކަށް އަނިޔާވެފައި
ގާޒީ ސްކޫލު ތެރޭގައި އޮތް ވާގަނޑެއްގައި ދަރިވަރަކު އަޅައިގަނެގެން ވެއްޓި ބޮޑު އަނިޔާއެއް
ގާޒީ ސްކޫލުގެ ތެރޭގައި ކަރަންޓުގެ މަސައްކަތް ކުރުމަށް އަޅާފައި އޮތް ވާގަނޑެއްގައި އަޅައިގަނެގެން ވެއްޓި، 6 އަހަރުގެ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހު، ގްރޭޑް 1ގައި ކިޔަވާ އަންހެން ދަރިވަރަށް އަނިޔާވީ، ޓީޗަރުންގެ ދުވަހަށް ސްކޫލުގެ ކޮމްޕައުންޑްގެ ތެރޭގައި މުށި ޖެހުމަށް ކަރަންޓު މަސައްކަތް ކުރުމަށް ދަމާފައި އޮތް ކަރަންޓު ވާގަނޑެއްގައި އަޅައިގަނެގެން ވެއްޓި އެވެ.
އޭރު ސްކޫލުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައިރު، ކުޑަކުއްޖާ ދިޔައީ ބަނޑުގައި ރިއްސާތީ، އެ ކްލާހުގެ އެހެން ދަރިވަރަކާ އެކު ހެލްތު ރޫމަށް ކަމަށް އެނގިފައިވެ އެވެ.
ތަފްސީލު - ދަރިވަރުގެ ބައްޕަ، ސައުދުﷲ ދީދީ ބުނި ގޮތުގައި:
-
ކުޑަކުއްޖާ ވެއްޓި އޭނާގެ ކަނާތު ހުޅުވަނީ ނެއްޓިފައި؛ އަތް ތިން ތަނަކުން ބިންދައިގެން ދިޔަ
-
އަތުގެ ކަށިގަނޑުގެ ކޮޅުގައި އިންނަ 'ގްރޯތު' ކަށިކޮޅެއް ވެސް ވަނީ ބިންދައިގެން ގޮސްފައި؛ ހެދިބޮޑުވާ އެ އުމުރުގައި އިންނަ ކަށިކޮޅު ވަކިވުމުން، ކުރިއަށް އޮތް ތަނުގައި ކުޑަކުއްޖާއަށް ނުކުޅެދުމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން ބުނި
-
ފަރުވާ ދިނުމަށް ކުޑަކުއްޖާ ހަތަރު ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު
-
ކުއްޖާ ގެއަށް ދޫކޮށްލީ 3 ދަގަނޑުކޮޅު އަތަށް ލެއްވުމަށް ފަހު
މިކަމުގައި ސްކޫލުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ސައުދުﷲ ގަބޫލުކުރެ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ، ގްރޭޑް 1ގެ ކޮންމެ ކްލާހަކުން، ބެލެނިވެރިންގެ އަތުން 1،800ރ. ނަގައިގެން ގޯތިތެރޭގައި މުށި ޖެހުމުގެ މަސައްކަތް ކުރި އިރު، ކިޔަވާ ދުވަހެއްގައި އެ ފަދަ މަސައްކަތެއް ކުރުމެވެ.
އޭނާ ބުނި ގޮތުގައި:
-
ކުޑަކުދިންތަކެއް އުޅޭ ތަނެއްގައި އެ ފަދަ މަސައްކަތެއް ކުރުމުން، އެ ކުދިން ނުރައްކަލެއް ހުށަހެޅޭ
-
އެފަދަ މަސައްކަތެއް ކުރިއަށް ދިޔައިރު ތަން ބެލެހެއްޓުމަށް މީހަކު ނެތް
-
އުމުރުން 6 އަހަރުގެ ކުދިން، އެކަނި ތަންތަނަށް ފޮނުވުމުން ވެސް ކަންބޮޑުވުން ފާޅުކުރި
"އަޅުގަނޑުމެން ލޮލުގެ ކޮއި ފަދަ ދަރިން ސްކޫލަށް މި ފޮނުވަނީ އެ ރައްކާތެރިކަން އެ ތަނުން ލިބޭނެ ކަމަށް އުއްމީދުކޮށްގެން. މި ފަދަ ބޮޑެތި އަނިޔާތައް ދަރިވަރުންނަށް މި ލިބެނީ ސްކޫލުގެ އަޅާލުން ކުޑަވުމުން ނޫންތޯ؟،" ކުޑަކުއްޖާގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅަށް ބޮޑު އަނިޔާއެއް ލިބި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރު ވެސް ސްކޫލުގެ އިސްވެރިންގެ ހަބަރެއް ނުވާ ކަމަށެވެ. ދަރިފުޅުގެ ހާލު ބަލާލަން، އިސްވެރިއަކު ގުޅާލީ ވެސް ހަތަރު ދުވަސް ފަހުން ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
"އަޅުގަނޑުމެން އަދިވެސް އެބަ ދާން ޖެހޭ ހޮސްޕިޓަލަށް. އެކަމަކު މި ވަރުގެ ބޮޑު އަނިޔާއެއް ވީމައި ސްކޫލުގެ ފަރާތުން ދަރިފުޅަށް ވިޒިޓްވެސް ކޮށްނުލާ،" ސައުދުﷲ ބުންޏެވެ.
"ނަފްސާނީ ގޮތުން ވެސް އަޅުގަނޑުމެންނާއި ދަރިފުޅަށް ވަނީ އަސަރުކޮށްފައި. ނުނިދިގެން ކޮންމެ ރެއަކު ރޮއެ ހަދާ. ދަރިފުޅު ކިޔެވުން ފަށައިގެންތަނުން، ޒިންމާ ނަގަން ތިބި ބައެއްގެ އިހުމާލުން މި ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި."
މިކަމާ ގުޅޭ ގޮތުން ސްކޫލުގެ ބަހެއް ހޯދާލުމަށް، ޕްރިންސިޕަލް ބަޝީރާ މުހައްމަދަށް ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ ސްކޫލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ކޮމެންޓް (35)
މޮހޮދެ
ރޯސީ
ބަލާ
ހަމަ ބަލާ
ސުހެއިލް
ޢަލީ
އައިޝާ
މާހިރު
ބެލެނިވެރިއެއް
ހޫދް
އަލިބެ
މަންމަ
ކޮންސާންޑް ސިޓިޒަން
މުނާ
ޔަނާ
ގާޒީ ޕޭރެންޓެއް
އައިޝާ
ގާޒީaNNސaN ސ
ހަކީމީ
އިންސާނާ
ޕޭރެންޓެއް
ޝުއާ
ރަށީދާ
އަހުމަދު
ސައި
ނަން
ބޮޑުމީހާ
މަމްދޫހާ
ނާޒް ހުސޭން
ޣާޒީ ސްކޫލް ބެލެބިވެރިއެއް
ޟާމިރު
ޢާޒީ ސްކޫލް ބެލެނި ވެރިއެއް
ހުދާ
މައި
ކަމަކު