އައިސީޕީ އާއި އެސްަޓާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން. (ފޮޓޯ/ސިމްޑީ)

ސިމްޑީ

ވިޒިޓިން ސައިކޮލޮޖިސްޓުންގެ ހިދުމަތް ދޭން އައިސީޕީ އާއި އެސްޓާ ލިޓްލް ބްލޫޖޭސް ގުޅިއްޖެ

އިންޑިއާގެ އެސްޓާ ލިޓްލް ބްލޫޖޭސްއާ އެކު ސޮއިކުރި އެ އެމްއޯޔޫގެ ދަށުން ވިޒިޓިން ސައިކޮލޮޖިސްޓުންގެ ހިދުމަތް ދިނުމަށާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ އެއްބަސްވެފައި
11 އޮކްޓޯބަރު 2023

އިންސްޓިޓިއުޓް ފޮ ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ)އިން ކުރު މުއްދަތަކަށް ބޭރުގެ ތަޖުރިބާކާރު ސައިކޮލޮޖިސްޓުން ރާއްޖެ ގެނެސްގެން ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިންޑިއާގެ އެސްޓާ ލިޓްލް ބްލޫޖޭސް/ޑީވައިޔޫ ހެލްތު ކެއާއާ އެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އެމްއޯޔޫގައި ސޮއިކުރީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން އައިސީޕީއިން މީރުމާ އިވެންޓު ހޯލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެމްއޯޔޫގައި ސޮއިކުރެއްވީ:

  • އައިސީޕީ އަދި ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ

  • ޑީވައިޔޫ ހެލްތުކެއާގެ ޗެއާމަން ޑރ. ޕްރަޝާންތު ގޯޑާ

އައިސީޕީ އާއި އެސްަޓާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން. (ފޮޓޯ/ސިމްޑީ)

އެ ރަސްމިއްޔާތުގައި މެންޓަލް ހެލްތު ދާއިރާގެ އެކި ފަރާތްތަކާއި އައިސީޕީ އާއި ސިމްޑީ ގްރޫޕުގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ތަފްސީލު - ޑީވައިޔޫ ހެލްތުކެއާގެ ދަށުން ހިންގާ އެސްޓާއާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ވިޒިޓިން ސައިކޮލޮޖިސްޓުންގެ ހިދުމަތް ދިނުމަށާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ.

އައިސީޕީއިން އަމާޒު ހިފާފައިވަނީ މި އެމްއޯޔޫ މެދުވެރިކޮށް ރާއްޖޭގައި މެންޓަލް ހެލްތުކެއާއަށް އޮންނަ ޑިމާންޑާއި އެ ހިދުމަތް ދިނުމުގެ ކެޕޭސިޓީގެ ފަރަގު ކުޑަކުރުމަށެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިސީޕީ އަދި ސިމްޑީ ގްރޫޕްގެ ސީއީއޯ ޝަކީލާ ވިދާޅުވީ ރާއްޖޭގައި ސައިކޮލޮޖިކަލް ފަރުވާއަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށެވެ.

އެ ފަރުވާ ލިބޭނެ ގޮތް ހެދުމަކީ، ޝަކީލާ ވިދާޅުވި ގޮތުގައި، ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އަދި އައިސީޕީ އާއި އެސްޓާއާ ދެމެދު ގާއިމްކުރި އެމްއޯޔޫއަށް ތައުރީފު ކުރައްވައި އޭނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން އިތުރުކުރަން ކުރާ އެ މަސައްކަތް ކާމިޔާބުވާނެ ކަމަށް، އުންމީދު ކުރައްވާ ކަމަށެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަން އައިސީޕީއިން ބޭއްވި ރަސްމިއްޔާތު ޑރ. ޝަކީލާ ވާހަކަދައްކަވަނީ. (ފޮޓޯ/ސިމްޑީ)

ޑީވައިޔޫ ހެލްތުކެއާގެ ޗެއާމަން ޕްރަޝާންތު ދެއްކެވި ވާހަކައިގައި އައިސީޕީއިން ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރެއްވި އެވެ. އަދި މިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

ގުޅުންހުރި ކަމެއް - އެ ރަސްމިއްޔާތުގައި އައިސީޕީއިން ހިންގި ޅެންވެރިކަމުގެ މުބާރާތުން މޮޅުވި ފަރާތްތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ ފަރާތްތަކަކީ:

  • ނިޝާޔާ އަހްމަދު

  • އަބްދުﷲ ރާޒީ މުހައްމަދު

  • މަހުރޫސް އިސްމާއިލް ޝަފީގު

މުބާރާތުން މޮޅުވި ފަރާތްތަކަށް ގިފްޓް ހެމްޕާ ހަވާލުކޮށްދެއްވީ ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް