މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ޝަރީފަށް؛ ނައިބަކަށް ޒަރީރު

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރިން ކުރެެއްވީ އެމްޑީޕީ ތަމްސީލުކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
9 އޮކްޓޯބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ހަމަޖަައްސައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ނަތީޖާގެ ކުރިން، މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހުން ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓު ފާސްކުރީ މަޖިލީހުގައި ސިޔާސީ ޕާޓީތަައް ތަމްސީލުކުރާ މިންވަރަށް އައި ބަދަލާ ގުޅިގެންނެވެ.

ތަފްސީލް - ކުރިން އެމްޑީޕީ ތަމްސީލުކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މުގައްރިރުކަން ކުރެއްވި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް، މިއަދު ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ހަމަޖެއްސީ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފެވެ. އޭނާގެ ނައިބަކަަށް ހަމަޖައްސާފައިވަނީ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިން އެވެ.

ޝަރީފަކީ ކުރިން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖުޑިޝަަރީ ކޮމިޓީގެ މުގައްރިރު ހޮވި މި ބައްދަލުވުމަށް އިމްތިޔާޒް އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަޑައިގެންފައެއް ނުވެ އެވެ.

އެނގުން މުހިއްމު - ކޮމިޓީތައް އެކުލަވާލުމަަށް ފާސްކުރި ރިޕޯޓުގައި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނުލިބޭ ގޮތަށް ހުށަހެޅުމެއް ހުށަހަޅައިގެން އޮތީ ފާސްކޮށްފަ އެވެ. ނަމަވެސް، އެ ދެ ކޮމިޓީގެ މުގައްރިރު ވެސް ކަނޑައެޅީ އެ ހުށަހަޅުމާ ހިލާފަށެވެ.  

މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު ޒިންމާ އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އިތުރުން އެހެން ކޮމިޓީތަކުގެ މުގައްރިރުންނަށް މިއަދު ހަމަޖެއްސީ:

  • އިމްތިޔާޒް އާއި ސުލޫކް ކޮމިޓީ: މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ

  • ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ: ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް

  • އެންވަޔަަރަމެންޓް ކޮމިޓީ: ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް

  • ލާމަރުކަޒީ ކޮމިޓީ: ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް

  • އިޖްތިމާއީ ކޮމިޓީގެ: އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު

އިތުރު އާޓިކަލް

އިތުރު އާޓިކަލް