ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/މަޖިލިސް)

އެންމެ ފަހުން ކޮމިޓީތައް އެކުލަވާލައިފި؛ އެމްޑީޕީން މާލިއްޔަތާއި ޒިންމާދާރުކުރުވާ ކޮމިޓީގެ މުގައްރިރުކަން ދޫކޮށްލި

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެމްބަރުންގެ ތާއީދާ އެކު ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް މަޖިލީހުން ފާސްކުރި
20 ސެޕްޓެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ވެރިކަން ކުރާ އެމްޑީޕީއަށް ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކުގެ މުގައްރިރުކަން ނުލިބޭ ގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް މިއަދު އެކުލަވާލައިފި އެވެ.

މައްސަލައިގެ ފެށުން -  މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު ނިންމައި މިދިޔަ ޖޫން މަހު މަޖިލިސް ޗުއްޓީއަށް ދިޔަ އިރު ވެސް ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި، މަސައްކަތްތައް ހުއްޓި އޮތީ މަރުތަޅެއްގަ އެވެ.

  • ކޮމިޓީތައް އެކުލަވާލަން ޖެހުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގެންނެވި އެމްޑީޕީގެ 12 މެންބަރުން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތަށް އައި ބަދަލާ ގުޅިގެން

  • ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް އެއްވެސް ޕާޓީއަކަށް އެއްބަސްނުވެވި، ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު ވެސް ކޮމިޓީތައް އެކުލަވާ ނުލެވުނު

  • ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކޮމިޓީތައް އެކުވަލާވިޔަސް، ޗުއްޓީގެ ތެރޭގައި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރެއްވުމުން، ތިން ވަނަ ދައުރު މިދިޔަ މަހުގެ މެދުތެރޭގައި ފެށިއިރު އޮތީ އަނެއްކާވެސް ކޮމިޓީތައް އެކުލަވާލަން ޖެހިފައި

  • އޭރު ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވުނީ ސަރުކާރު ޒިންމާދާރުކުރުވާ ކޮމިޓީތަކުގެ މުގައްރިރުކަން އެމްޑީޕީން ދޫކޮށްލަން ބޭނުން ނުވުމުން

  • އެކަން ނުކުރެވި އަދި މަޖިލީހުގެ ކޯރަމް ހަމަނުވާތީ މި ފަހުން ގިނަ ޖަލްސާތައް ނުބޭއްވޭ

މި ދައުރުގެ މަސައްކަތްތައް ފެށުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނެގުމުންނެވެ.

ތަފްސީލް - މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ފާސްވި ގޮތަކީ:

  • މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީއަށް ނުލިބޭ ގޮތަށް؛ އެ ގޮތަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު ހަސަން އަފީފް

  • އަފީފްގެ ހުށަހެޅުއްވުން ފާސްވީ 19 މެމްބަރުންގެ ވޯޓާ އެކު؛ އެ ހުށަހެޅުއްވުމާ ދެކޮޅަށް ނުވަ މެމްބަރަކު ވޯޓު ދެއްވި 

  • އެހެންކަމުން، މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒް އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފަށް އެ މަގާމު ގެއްލޭނެ

  • ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 16 މެމްބަރުންގެ ތާއީދާ އެކު ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް މަޖިލީހުން ފާސްކުރި 

ދާއިމީ ކޮމިޓީތައް އެކުލަވާލި ގޮތް

އާއްމު ކޮމިޓީ

  • އެމްޑީޕީ - 5 މެމްބަރުން

  • ޑިމޮކްރެޓެސް - 2 މެމްބަރުން 

  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެއް

ޕެޓިޝަން ކޮމިޓީ

  • އެމްޑީޕީ - 6 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

  • އެމްޑީޕީ - 8 މެމްބަރުން

  • ޑިމޮކްރެޓްސް، ޕީއެންސީ، އެމްޑީއޭ އަދި ޖޭޕީން ކޮންމެ ޕާޓީއަކުން މެމްބަރެއް

އެންވަޔަރަމެންޓް ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް އަދި ޖޭޕީން، ކޮންމެ ޕާޓީއަކުން މެމްބަރެއް

އެސްއޯއީ ކޮމިޓީ

  • އެމްޑީޕީ - 8 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން، ކޮންމެ ޕާޓީއަކުން މެމްބަރެއް

މާލިއްޔަތު ކޮމިޓީ

  • އެމްޑީޕީ - 9 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް، ޕީއެންސީ އެމްއެންޕީ އަދި އެމްޑީއޭ އިން، ކޮންމެ ޕާޓީއަކުން މެމްބަރެއް

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • އެމްއެންޕީ - މެމްބަރެއް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން، ކޮންމެ ޕާޓީއަކުން މެމްބަރެއް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

  • އެމްޑީޕީ - 8 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް އަދި އެމްއެންޕީން، ކޮންމެ ޕާޓީތަކުން މެމްބަރެއް

އިޖްތިމާއީ ކޮމިޓީ

  • އެމްޑީޕީ - 6 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމްގެ މެމްބަރެއް

ގަވާއިދު ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން 

  • ޕީޕީއެމް އަދި އެމްޑީއޭ އިން، ކޮންމެ ޕާޓީއަކުން މެމްބަރެއް

އިގްތިސާދީ ކޮމިޓީ

  • އެމްޑީޕީ - 8 މެމްބަރުން 

  • ޑިމޮކްރެޓްސް، ޕީޕީއެމް، ޕީއެންސީ، އެމްޑީއޭ އަދި ޖޭޕީން، ކޮންމެ ޕާޓީއަކުން މެމްބަރެއް

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ

  • އެމްޑީޕީ - 6 މެމްބަރުން 

  • ޑިމޮކްރެޓްސް - 2 މެމްބަރުން

ހާރިޖީ ގުޅުންތަކުގެ ކޮމިޓީ

  • އެމްޑީޕީ - 8 މެމްބަރުން 

  • ޑިމޮކްރެޓްސް، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން، ކޮންމެ ޕާޓީއަކުން މެމްބަރެއް 

  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ ތެރެެއިން މެމްބަރެއް 

ލާމަރުކަޒީ ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން 

  • ޑިމޮކްރެޓްސް އަދި ޕީޕީއެމް އިން، ކޮންމެ ޕާޓީއަކުން މެމްބަރެއް 

  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރެއް

ޖުޑިޝަރީ ކޮމިޓީ

  • އެމްޑީޕީ - 7 މެމްބަރުން 

  • ޑިމޮކްރެޓްސް، ޕީޕީއެމް އަދި ޖޭޕީން ކޮންމެ ޕާޓީއަކުން މެމްބަރެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް