ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގެންގުޅޭ ގިނިކާމާދޫނި ބަލައިލަން ބަޔަކު އެ ސަރަހައްދުގައި --ފޮޓޯ/އިސްމާއިލް ޝާހް

ދޫނި

ޒަހަމްތަކަށް ފަރުވާ ނުލިބި ގިނިކާމާދޫނި މަރުވެއްޖެ

ރޭ ބަޔަކު އެ ދޫނީގެ ފައި ބުރިކޮށްލި އިރު އެ ދޫނި ގެންގުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެންގުޅުނު ގިނިކާމާދޫނީގެ ފަޔަށް ރޭ ބަޔަކު ދިން ޒަހަމްތަކަށް ފަރުވާ ނުލިބި އެސޮރު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާންމުންނަށް ފެންނަ ގޮތަށް ކޮއްޓެއްގެ ތެރޭ ގެންގުޅެމުން ދިޔަ އެ ދޫނީގެ ފަޔަށް ބަޔަކު ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެނގުން މުހިންމު - އާންމު މީހަކު މާލޭ ގެއެއްގައި ގެންގުޅެމުން ދިޔަ އެ ގިނިކާމާދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިއުންތައް އަމާޒުވުމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ދޫނި ބަހައްޓާފައި ހުރީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގަ އެވެ. އެ ދޫނި ބަލައިލަން ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދަށް ދެ އެވެ.

ތަފްސީލް - އެ ދޫނި ބަލަހައްޓާ އެކަކު ކަމަށްވާ އިސްމާއިލް ޝާހު މިރޭ 'ދައުރު'އަށް ބުނީ ދޫނީގެ ފައި ބުރިކޮށްލާ، ރޭ ދިން ޒަހަމްތަކަށް ފަރުވާދިނުމަށް މާލޭގައި ހުންނަ ވެޓް ކްލިނިކް 'އޯސިސް'ގެ ޑޮކްޓަރުން ވެސް ގެނައި ކަމަށެވެ.

"ޑޮކްޓަރުން ބުނީ ދެވޭނެ ފަރުވާއެއް ނެތް ކަމަށް،" އޭނާ ބުންޏެވެ.

އެ ދޫނި ގެންގުޅޭތާ އެއް އަހަރާއި ދެ މަސް ވެއްޖެ ކަމަށް ޝާހު ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު އެ ދޫނި ބަލާލަން ދެ އެވެ.

ކޮމެންޓް (1)

ސިނާ

7 އޮކްޓޯބަރު 2023
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ. ވަރަށް ދެރަވެއްޖެ. ކުށެއް ނެތް އެ ދޫންޏަށްް ވޭން ދެނެވި މަރެއް މެދުވެރިވާފަދަ އަނިޔާދިން މީހާ/މީހުންނަށް މާތް ﷲ އެކަމުގެ ސަޒާ ދެއްވާށި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް