ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝޯޝަލް ސެންޓަރުގައި ބޭއްވެވި އުފާ ފާޅުކުރުމުގެ ހަރަކާތް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ކުށްވެރިންނަށް ދުލެއް ނުދޭނަން، ގޭންގުތައް ބާރުވެރިއެއް ނުވާނެ: މުއިއްޒު

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ހިދުމަތް ކުރައްވާނީ ސީރިއަސްކަމާ އެކީގައި ކަމަށް
7 އޮކްޓޯބަރު 2023
9

އެންޓި-ކެމްޕެއިން ކުރުމުގެ ގޮތުން ތަފާތު ވާހަކަތައް މީހުން ދައްކާފައިވީ ނަމަވެސް، ކުށްވެރިންނަށް ދޫދިނުމާއި، ގޭންގުތައް ބާރުވެރި ކުރުން ފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ނުހިނގާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ގޭންގުތައް ބާރުވެރިވެ، ކުށްކުރުން އިތުރުވެ، މަސްތުވާތަކެތި އެތެރެކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މުއިއްޒުގެ ވާދަވެރިން ތަކުރާރުކޮށް ތުހުމަތު ކުރި އެވެ.

މުއިއްޒު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އެފަދަ އެއްވެސް ކަމަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "އަަޅުގަނޑު އެއަށްވުރެ މާ ސީރިއަސްކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް މި ހުރީ،" އެމަނިކުފާނު ޔަގީންކަން ދެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ދެވަނަ ބުރުގެ ކުރިން އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާ ކޮންމެވެސް ގޭންގެއް ނުވަތަ ގްރޫޕެއްގެ މީހަކު ލާނެ ވާހަކައެވެ. މުއިއްޒު ތުހުމަތު ކުރެެއްވި ގޮތުގައި، ވާދަވެރިން އެފަދަ ވާހަކަ ދައްކާފައިވަނީ ސަރުކާރު ހިންގުމުގައި މުއިއްޒުގެ ކޮންޓްރޯލެއް ނޯންނާނެ ކަމަށް ބުނެދީ، އޭނާގެ ސަޕޯޓަރުންގެ ހިތުގައި ޝައްކު އުފައްދަން ކަމަށެވެ.

ކެމްޕޭންގެ އެންމެ ފަހު ވާހަކައިގައި، އެމަނިކުފާނަށް ކޮންޓްރޯލް ނުކުރެއްވޭ އެއްވެސް މީހަކު މަގާމަކަށް އައްޔަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީ ވެސް އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ގޭންގަކަށް، ގްރޫޕަކަށް، ނުވަތަ ޖަމިއްޔާއަކަށް ވެސް އެމަނިކުފާނުގެ މައްޗަށް ބާރެއް ނުފޯރުވޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑު ދެންނެވީ، އަޅުގަނޑަށް ފަހު ބަސް ނުބުނެވޭ ވަރުގެ މީހަކު މަގާމަކަށް ނުލާނަމޭ. އަދި އަމުދުން އަޅުގަނޑު ދެންނެވިން ތައުލީމު ހުންނާނޭ، ތަޖުރިބާ އިރާދަކުރެއްވިއްޔާ ލިބިފައިވާ ގާބިލް މީހުންނޭ ލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ކެމްޕެއިނުގައި ސަޕޯޓަރުންނާ މުހާތަބު ކުރެއްވި ފަހު ފަހަރުގެ އިތުރުން، އިންތިހާބީ ރައީސްގެ ގޮތުގައި ޗެނަލް 13އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގައި ވެސް މުއިއްޒު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ، އެ ވާހަކަ ދެއްކެވީ ވަކި މީހަކަށް އަމާޒުކޮށްފައި ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރެއްވި އެހެން ޕާޓީތަކުގެ ބޭފުޅުންނަށް މަގާމެއް ދޭނީ ވެސް، އެ ބޭފުޅުންނަކީ އެމަނިކުފާނުގެ ބަސްވިކޭ ބަޔަކަށް ވާ ނަމަ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (9)

ސަކީނާ

8 އޮކްޓޯބަރު 2023
ޕީޕީއެމް ޕީއެންސީގަ ތިބި ޢިލްމީ ކުދިން މިފަހަރު މަޖިލިސް އިންތިހާބުން ފެންނާނެ
0 0

ގާސިން

7 އޮކްޓޯބަރު 2023
މިހާރުވެސް ތިކަން އެނގެން ފަށައިފި.
1 0

ދޮންކަމަނަ

7 އޮކްޓޯބަރު 2023
ދުލަށް ކިތަންމެ ބާރެއް ލާފައި ތިވާހަކަ ދެއްކިއަސް ކޮންމެ ވެރިކަމެއްވެސް ކޮންޓްރޯލް ކުރަނީ ގޭންގް ތަކުން.
6 1

ފެންޓް

7 އޮކްޓޯބަރު 2023
ތަނގަޅު. ހޯމް މިނިސްޓްރީ އަށް ލާންވީ އުމަރު.
4 0

ޙަސަންތަކުރުފާނު

7 އޮކްޓޯބަރު 2023
މަނިކުފާނުގެ ވިސްނުން ކިތައްމެހާވެސް ރަގަޅު! ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖްލިސް އަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޢިލްމީ މީހުންތޯ ވަނަވަރު ބައްލަވައި މަދުމިނުން ޔުނިވަރސިޓީ ގްރެޖުއޭޓެއްތޯ ބައްލަވައި އެކަން ލާޒިމްކުރައްވާނުތޯ؟ މިހާރުތިބި ގިނަބޭފުޅުންނަކީ އިލްމީގޮތުން ވަރަށް ނިކަމެތި ބައެއް.
5 0

ޙަސަނު

7 އޮކްޓޯބަރު 2023
@ޙަސަންތަކުރުފާނު ރަނގަޅު ކަމެއް. ޢަދި މީހުން ލައްވާ އެސައިންމަންޓް ހަދައިގެން އެވިޑް ތަންތަނުން މިހާރު ސެޓްފިކެޓެެއް ލިބިދާނެ، އެހެން ވީމަ އަމަލީ ތަޖުރިބާ ވެސް މުހިއްމު. ފިލްމެއް ކުޅެލިޔަަސް، ޕާޓީގެ ޕޯޑިއަމްގައި ހަޅޭއްލެވިޔަސް ސަރުކާރުގެ އިދާރާއެެއްގައި ސީނިއަރ ލެވެލް އަށް މަސައްކަތްނުކުރާނަމަ، ކިހިނެތް ސަރުކާރުގެ ގާނޫނުތައް ހަދާނީ؟
4 0

ސަމާ

7 އޮކްޓޯބަރު 2023
ޔާމީނު ދޫކޮށްލައިފި ނަމަ މަނިކުފާނުގެ ވެރިކަން ނިމޭލެއް އަވަސްވާނެ. ޔާމިނުގެ ނުފޫޒު މިހާރުވެސް މަނިކުފާނަށް އޮތްކަން އެނގޭ. ހަމަ ހިލާ ކުށްވެރިން ދޫނުކުރާތި.މިހާރުވެސް ޔާމީނު ދަނީ ފުއްޕަމުން. ކުށްވެރިއެއް ވާނީ ހަމަ ކުށްވެރިޔަކަށް، ޔާމީނެއް އެހެން މީހެއް ބަލާނެ ކަމެއް ނެތް. ފަސްއަހަރު ނިމެންދެން ގޭ ބަންދުގަ ބަހައްޓައިދީ.
9 1

ކުރުސީ

7 އޮކްޓޯބަރު 2023
އާން. ފުރަތަމަ ބޮޑު ކުށްވެރިޔާ ދޫކޮށްލީ. އަދި ހުވާ ނުވެސް ކުރެވޭ. ދެން ވިސްނާލަބަލަ
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް