މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި %53.78އާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
އެއާ އެކު، އަންނަ މަހުގެ 17ގައި މުއިއްޒު މަގާމުގެ ހުވާކުރެއްވުމަށް ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށާފަ އެވެ.