ޓްރީ ޓޮޕްގެ ނާޗާ ޕްރޮގްރާމުގެ ތެރެއިން (ފޮޓޯ/ޓްރީ ޓޮޕް)

އާ މައިންނަށް އެހީވެދޭ ޓްރީ ޓޮޕްގެ ނާޗާ ޕްރޮގްރާމު ފަށަައިފި

މިއީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮއްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް
25 ސެޕްޓެމްބަރު 2023

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނާޗާ ޕްރޮގްރާމް އަލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ޕްރޮގްރާމު ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ޕްރޮގްރާމުގައި 34 ފަރާތަކުން ބައިވެރިވިކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ތަފްސީލް - ނާޗާ ޕްރޮގްރާމުގެ ބޭނުމަކީ، ޓްރީ ޓޮޕުން ބުނި ގޮތުގައި، ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީ މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ބަލިވެއިނުމުގައި ދިމާވާ އެކިއެކި ކަންތައްތައް ހިއްސާކޮށް، އަޅާލާ މުޖުތަމައުއެއް އުފެއްދުމެވެ.

މި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރޭގައި:

  • ގާތުން ކިރުދިނުމާއި ވިހެއުން

  • އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ

  • ވިހެއުމުގެ ކުރިން ކަސްރަތު ކުރުން

  • ރިހުން މެނޭޖްކުރުން 

މި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ޓްރީ ޓޮޕްގައި މަސައްކަތް ކުރައްވާ އެކި ދާއިރާތަކުގެ ޑޮކްޓަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުން 

  • ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރުން 

  • ހަމުގެ ބަލިތަކުގެ ޑޮކްޓަރުން

  • ފިޒިއޮތެރަޕީ 

  • ނާސިން ޑިޕާޓުމެންޓުގެ ތަޖުރިބާކާރުން

މި ޕްރޮގްރާމް: 

  • ކޮންމެ މަހަކު ބާއްވާނެ

  • ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަންބަރު 3351610އަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ބައިވެރިވެވޭނެ

ފާހަގަކުރެވޭ ކަމެއް - ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ  ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ދަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް