ފަޒްނާ އިއްޔެ ހިޔާ ފްލެޓް ސަރަހައްދުގައި. (އެކްސް ފޮޓޯ/ޝާން)
ފަސްޓް ލޭޑީ ފަޒްނާއަށް ފުރައްސާރަކުރުން އެޗްއާރްސީއެމްއިން ކުށްވެރިކޮށްފި
ރައީސް އިބްރާހިމް މުހަައްމަދު ސޯލިހުގެ ކެމްޕޭނަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިއްޔެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އޭނާއަށް ފުރައްސާރަކުރުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ސޯލިހުގެ ކެމްޕޭނަށް ފަސްޓް ލޭޑީ ފަޒްނާ ވަނީ އިއްޔެ ހަވީރު ހިޔާ ފްލެޓް ސަރަހައްދަށް ދޮރުން ދޮރަށް ހިންގެވުމަށް ވަޑައިގެންފަ އެވެ. އެ ވަގުތު އިދިކޮޅު ސަޕޯޓަރުންް ނުކުމެ ވަނީ އޭނާއަށް ފުރައްސާރަކޮށް، ކެމްޕޭނަށް ހުރަސްއަޅާފަ އެވެ.
-
އިތުރަށް ކިޔާލަން - ފަޒްނާ ހިޔާ ސަރަހައްދަަށް ވަޑައިގެންނެވުމުން ފުރައްސާރަކޮށްފި
ބުނީ ކީކޭ؟ - "އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސްއެޅި އެޅުން މި ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ކޮމިޝަނުން އެކްސްގައި ނެރުނު ބަޔާނެއްގައިވެ އެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ:
-
އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބޭ ގާނޫނީ ހައްގެއް
-
ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް
އެޗްއާރުސީއެމް އިން ވަނީ، އިންތިހާބުގެ ކެމްޕޭނުގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހްތިރާމްކޮށް، ގާނޫނާ ގަވާއިދުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.
ކެންޑިޑޭޓުންނާ ބައްދަލުކޮށް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިިވުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއްކަން ފާހަގަކުރަމުން ކޮމިޝަނުން އެދިފައި ވަނީ:
-
ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް
-
ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން އެފަދަ ގޯސް އަމަލުތަކަށް ހިތްވަރުނުދިނުމަށް
އެނގުން މުހިންމު - އެކަމާ ގުޅިގެން ރޭ ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ކަން ހިނގައި ދިޔަ ގޮތާ ގުޅޭ ކުޑަ ތަފުސީލެއް ދެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އެ އަމަލުން އޭނާއަށް ލިބިވަޑައިގެންނެވި ގެއްލުމަށް ވުރެ ބޮޑުވީ ފައިދާ އެވެ.
-
އިތުރަށް ކިޔާލަން - ފަޒްނާ ވިދާޅުވީ ފުރައްސާރައިން ވެސް ވަނީ ފައިދާ
އެ ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދިޔަ އެވެ. ނަމަވެސް، އޭނާ ވަނީ ރޭ ދޫކޮށްލާފަ އެވެ.