ފަސްޓް ލޭޑީ ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެންނެވުމުން އިދިކޮޅު ސަޕޯޓަރުން އަޑު އުފުލަނީ

ފަޒްނާ ހިޔާ ސަރަހައްދަަށް ވަޑައިގެންނެވުމުން އިދިކޮޅު ބަޔަކު ފުރައްސާރަކޮށްފި

އެ ސަރަހައްދުން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
17 ސެޕްޓެމްބަރު 2023
3

މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަަށް ވަޑައިގެންނެވުމުން، އިދިކޮޅު ބަޔަކު ފުރައްސާރަކޮށްފި އެވެ.

އެނގުން މުހިންމު - އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި، ރައީސް ސޯލިހާ އެކު ފަޒްނާ އަމަލީ ގޮތުން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ އަނބިކަނބަލުން ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރަށްރަށަށް ދަތުރު ކުރެއްވި ނަމަވެސް، އެފަދަ ހަރަކާތްތަކުން ފަޒްނާ ފެނިފައެއް ނުވެ އެވެ.

ނަމަވެސް ދެވަނަ ބުރުގެ ކެމްޕޭނު ފެށުމާ އެކު އޭނާ ވެސް ގެންދަވަނީ ރައީސަށް ތާއީދު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގަވަމުންނެވެ.

ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެން މީހުންނާ ބައްދަލުކުރެއްވި

ވީ ކިހިނެއް؟- އިދިކޮޅަށް ތާއީދު ބޮޑު ހިޔާ ފްލެޓުތައް ހުންނަ ހުޅުމާލޭ ފޭސް 2 ސަރަހައްދަށް ފަޒްނާ ވަޑައިގެންނެވީ މިއަދު ހަވީރެވެ. އެއާ އެކު އިދިކޮޅު ސަޕޯޓަރުންގެ ބަޔަކު ވަނީ، ރައީސްގެ ދެކަނބަލުންނަށް ހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. 

ހިޔާ ފްލެޓް ސަރަހައްދުުން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަނީ

ތަފްސީލް- ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކަށް ބަލާއިރު، އިދިކޮޅު ސަޕޯޓަރަކު ބިންމައްޗަށް ވައްޓާލުމަށް ފަހު ބިޑިއަަޅުވާ މަންޒަރު ފެނެ އެވެ. އެވަގުތު އޭނާ ގެންދިޔައީ ގަަދަހަދަމުންނެވެ. އެކަމަކު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެެންދެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ސަބަބެއް ސާފެއް ނުވެ އެވެ.

އެކަމަކު ފަހުން ހާމަކުރި މައުލޫމާތުތަކުން އެނގެނީ ފަޒުނާއަށް ފުރައްސާކުރި ކަމެވެ.

ކޮމެންޓް (3)

ޑިވެހި

18 ސެޕްޓެމްބަރު 2023
ހިޔާ ސަރަހައްދުގައި ދާދާ ހެދިގެން އުޅޭ ގުރޫޕެއް އުޅޭ.. ހީވަނީ އެމީހުންނަކީ ހިޔާ ސަރަހައްދަށް ކަނޑައަޅައިފައިވާ ކައުސިލަރުން ހެން. ހަޖަމު ނުވާ ގުރޫޕެއް. ޢެއީ. މުއިއްޒުއަކަށް ނޭނގޭނެ އޭގެ ތެރެއިން އަކަކުވެސް.. މުއިއްޒު ހޮވިއްޖެއާ މިމީހުން މާ ގައްޑާވެފައި އުޅޭއިރު މިމީހުން އަމިއްލައަށް މުއިއްޒު ވެެރިކަމާއި ދެކޮޅަށް ބަސްބުނާ ދުވަސް ފެންނާނެ
1 0

ޕީޕީ

17 ސެޕްޓެމްބަރު 2023
ގޭންގުގެ ލިސްޓައް އިތުރުވި ބައިގަޑެއްތަ؟ ހިޔާ ސަރަހައްދަކީ ވަކި ބަޔަކު ގޮސް އުޅެންޖެހޭ ސަރަހައްދެއް ކަމައް ހަދައިގެން އުޅޭ ޔާނު ގޭންގު،.
6 0

ހަމަ ހަސަނު

17 ސެޕްޓެމްބަރު 2023
ތީ އަސްލު ވަރަށްބޮޑު ގޯހެއް ޕީ ޕީ ކުދިން ހަދާ، އިހައްދުވަހު މުއިއްޒު އައިސް އެދިޔަައީ ވަރަށް ސުލްހަވެރިކަމާއެކު ހިޔާ ސަރަހައްދުގައި ކެމްޕޭނު ކޮށްފަ، އެމްޑީޕީ ސަޕޯޓަރުން ނުނިކުމޭ ހުރަސް އަޅާކަށް، ގަބޫކު ކުރަންޖެހޭ ހަގީގަތަކީ ހިޔާ ފުލެޓް ތަކުގައި ރައިސް ސޯލިހަށް ތާއީދު ކުރާ ގިނަ ބަޔަކުވެސް އުޅޭކަން..
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް