ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ޖުމްހޫރީ ޕާޓީ

ގާސިމް ވިދާޅުވީ ނަހުލާ މިނިސްޓަރު ކަމުގައި ހުންނެވިޔަސް ހުންނަނީ ބާކީ ކޮށްލާފައި ކަމަށް

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މެންޑޭޓްތައް ނަގާ، ނިންމުންތަކުގައި ނަހުލާގެ ބާރު ނުހިނގާނެހެން ހަދާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވި އައިޝަތު ނަހުލާ، އެ މަގާމުން ވަކިނުކޮށް ހުއްޓަސް، އޭނާ ހުންނަވަނީ ސަރުކާރުން ބާކީކޮށްލާފައި ކަމަށް ފިރިކަލުން އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ޖޭޕީގެ ލީޑަރު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުގައި މިރޭ ހއ. ހޯރަފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކާގައި އެވެ.

ތަފްސީލް - މި ސަރުކާރު ގެންނަން 2018ގައި ކުރެއްވި މަސައްކަތްތަކާ މެދު މިއަދު ދެރަވާކަން ފާހަގަކުރައްވައި، ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަނގަޅުވާނެ ކަމަށް ހީކުރެއްވިޔަސް އެއީ ކުށް ހީއެއް ކަމަށެވެ. 

ރައީސް ސޯލިހުގެ އަމަލްތަކާ މެދު ފާޑުކިއުއްވަމުން ގާސިމް ވިދާޅުވި ގޮތުގައި ނަހުލާ ވެސް ހުންނަނީ ބާކީ ކޮށްލާފަ އެވެ.

"އަޅުގަނޑުގެ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހިތްދަތި ކަމުގައި ބަހައްޓާފައި ވޭނާ އެކު، އެތަނުގެ މެންޑޭޓުގައިވާ ހުރިހާ ކަމެއް ނަނގާ އެކަހެރި ކޮށްފައި ބަހައްޓާފައި މިތަނުގެ މެމްބަރު [ހޯރަފުށީ މެމްބަރު އަހުމަދު ސަލީމް] ބުނީމަ އޭނާ ބުނާހާ ގޮތަކަށް ކަންކަން ކުރިޔަސް އަސްލުގައި އެ މެމްބަރު ހޮވަން ވެސް މަގޭ އަނބިކަނބަލުންނާއި އާއިލާއިން މަސައްކަތް ކޮށްދީގެން އޭނާ ހޮވައިދިނީ،" ގާސިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައީސް ސޯލިހާ އެކު (ފޮޓޯ/ރައީސް އޮފީސް

ސަލީމާއި ނަހުލާއަކީ ވެސް ހޯރަފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ނަހުލާ، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އިދާރާއެއްގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، ސަރުކާރާ ދެކޮޅަށް ކުރާ ކެމްޕެއިންތަކުގައި ބައިވެރިވާތީ، އޭނާއަށް ވަނީ ފާޑުކިޔުން ވެސް އަމާޒު ވެފަ އެވެ. ނަމަވެސް އޭނާގެ އިތުރުން ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންނާ މެދު މިހާތަނަށް ސަރުކާރުން ފިޔަވަޅެއް ނާޅަ އެވެ.

ކޮމެންޓް (1)

އާރިޕަބްލިކަން

7 ސެޕްޓެމްބަރު 2023
ޖޭޕީގެ އާއިލީ ވެރިކަމެއް ބޭނުމެއްނޫން،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް