އައިއޯއައިޖީގައި ބައިވެރިވި ބީއެމްއެލް ސްޕޯޓްސް ސްކޯލާޝިޕްގެ ބައިވެރިންގެ ކާމިޔާބީ ފާހަގަކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

ސްޕޯޓްސް ސްކޯލާޝިޕް ލިބުނު ހަ އެތުލީޓަކު ވަނީ އައިއޯއައިޖީގައި ވާދަކޮށްފައި
6 ސެޕްޓެމްބަރު 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިން ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި ކާމިޔާބީ އެ ބޭންކުން މިއަދު ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްޕޯޓްސް ސްކޯލާޝިޕްގެ ދަށުން، ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ދެ އެވެ.

ސްޕޯޓްސް ސްކޯލާޝިޕް ލިބުނު ހަ އެތުލީޓަކު ވަނީ މަޑަގަސްކާގައި ބޭއްވި އައިއޯއައިޖީގައި ވާދަކޮށްފަ އެވެ. ހ. އޯކިޑްމާގޭގައި ހުންނަ ބީއެމްއެލްގެ އިމާރާތް ސަރަހައްދުގައި މިއަދު ހެނދުނު ވަނީ އެ އެތުލީޓުންގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ.

އައިއޯއައިޖީގައި ބައިވެރިވި ބީއެމްއެލް ސްޕޯޓްސް ސްކޯލާޝިޕްގެ ބައިވެރިންގެ ކާމިޔާބީ ފާހަގަކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ އެތުލީޓުން އައިއޯއިޖީގައި ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މިއީ ތިޔަ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގައި ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ސްކޮލާޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން

  • މޫސާ މުންސިފް އަހްމަދު - ޓޭބަލް ޓެނިސް؛ މިކްސް ޑަބަލްސް (ރަން މެޑަލް)، މެންސް ޑަބަލްސް (ރިހި މެޑަލް) އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)

  • ފާތިމަތު ޖުމާނާ ނިމާލް - ޓޭބަލް ޓެނިސް؛ ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)

  • މަރިޔަމް ރުއުޔާ އަލީ - އެތުލެޓިކްސް؛ ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)

  • ޝުބާ މުހައްމަދު ޝަރީފް - ބެޑްމިންޓަން؛ ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް