ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓު އެރައިވަލްސް ޓާމިނަލް ބޭރުގައި. އެއާޕޯޓުން މިއަދު ހެނދުނު ވަނީ ކަރަންޓު ކެނޑިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވެލާނާ އެއާޕޯޓުން ގަޑިއެއްހާ އިރަށް ކަރަންޓު ކެނޑި ހިދުމަތަށް ބުރޫ އަރައިފި

އެއާޕޯޓުން ކަރަންޓު ކެނޑުނީ ހެނދުނު 9:45 ހާއިރު
12 ސެޕްޓެމްބަރު 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަޑިއެއްހާ އިރަށް ކަރަންޓު ކެނޑި، ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ބުނީ އެއާޕޯޓުން ކަރަންޓް ކެނޑުނު ސީދާ ސަބަބު ދެނެގަނެ، އެކަން ހައްލުކުރަން ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އޭގެ ގަނޑިއެއްހާ އިރު ފަހުން އެމްއޭސީއެލުން ބުނި ގޮތުގައި ކަރަންޓްގެ މައްސަލަ ހައްލުކޮށް އޮޕަރޭޝަންތައް އާންމު ހާލަތަކަށް ގެނެވުނެވެ.

"ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުނީ،" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް ހަސަން އަރީފް 'ދައުރު'އަށް ވިދާޅުވި އެވެ. 

އެމްއޭސީއެލްގެ ޓްވީޓް

އެނގުން މުހިންމު - އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ކަރަންޓު ކެނޑުނީ ހެނދުނު 9:40 ހާއިރު ކަމަށެވެ. އާދިއްތަދުވަހަކީ އާންމުކޮށް ވެސް އެއާޕޯޓަށް ބާރު ބޮޑު ދުވަހެކެވެ. އެހެންކަމުން އެތައް ބަޔަކަށް އޭގެ އަސަރުކުރާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް