ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ޅ.ނަައިފަރަށް ވަޑައިގަތުން (ފޮޓޯ/ޖޭޕީ)
ގާސިމްގެ ވައުދަކީ ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލުން
ހިންނަވަރާއި ނައިފަރާ ދޭތެރޭ އޮންނަ 4 ރަށް ބްރިޖަކުން ގުޅާލާ، ސިޓީ އަކަށް ބަދަލު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އިންތިހާބުގެ ކެމްޕޭނަށް ގާސިމް މިއަދު ވަނީ ޅ. ނައިފަރަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށް ވިދާޅުވެ، ގާސިމް ވަނީ ހިންނަވަރަށް ވަޑައިގެން ދައްކަވަން ހިތްޕުޅުގައި އޮތް ވަހަކަ އެއާޕޯޓްގައި އިންނަވާ ދެއްވި ވީޑިއޯ އިންޓަވިއެއްގެ ޒަރިއްޔާއިން ވިދާޅުވެފަ އެވެ.
ތަފްސީލް - ހިންނަވަރާއި ނައިފަރާ ދޭތެރޭ ތިން ރަށް އޮވެ އެވެ. އެއީ ގާއެރިފަޅާއި ފެލިވަރު އަދި އެ އަތޮޅު އެއާޕޯޓް ހިންގާ މަޑިވަރެވެ.
ގާސިމް ވިދާޅުވީ މި ރަށްތައް ބްރިޖަކުން ގުޅުވާލެވިއްޖެ ނަމަ ތަރައްގީގެ ގޮތުން ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ހިންނަވަރަށް ދެވުނު ނަމަ އަޅުގަނޑު ވިސްނައިގެން ހުރީ [މިވާހަކަ ދަންނަވަން]. އެއީ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މި އިން ތިން ރަށް. އެއީ މަޑިވަރާ ފެލިވަރާ ގާއެރިފަރާ. މިއިން ކޮންމެ ދޭތެރެއަކުން ވެސް ކުޑަ ކަނޑުއޮޅިއެއް އެބައޮތް. 300 މިޓަރު އެއްފަޅުން އަނެއްފަޅާ ދޭތެރޭ އޮންނަ،" ގާސިިިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަ ކުރެއްވިއްޔާ މިތަން އެއްކޮށް ބުރިޖުން ގުޅާލަ ދޭނަން،"
ގާސިމް ވިދާޅުވީ މި ބްރިޖާއެކު ދަތުރުފަތުރަށް ވެސް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށާއި ހަރަދަށް ބެލި ނަމަވެސް މިއީ ބޮޮޑު ހަރަދަކަށް ނުވާނެ ކަމަށެވެ.
"އޭރުން ދެން އެއްކޮށް މިތަން ސިޓީ އަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އޮންނާނެ،" ގާސިމް ވިދާޅުވީ މިއީ ތަރައްގީގެ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
ފާހަގަ ކުރެވޭ ކަމެއް - ކޯލިޝަން ސަރުކާރެއްގައި ނައިފަރާއި ހިންނަވަރު ގުޅާލުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. މީގެ އިތުރުން މި ދެރަށް ބްރިޖުން ގުޅާލުމަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ވައުދުވެ ވަޑައިގެންފައިވެ އެވެ.
ކޮމެންޓް (1)
ތެފައާސާ.