ކޮޅުފުށީ މަގުހެދުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލު ކުރުން (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

މަގު ހެދުން

ކޮޅުފުށީ މަގު ހަދަން 93 މިލިއަނަށް އާރުޑީސީއާ ހަވާލުކޮށްފި

މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 730 ދުވަސް ނުވަތަ ދެ އަހަރުން ނިންމާ ގޮތަށް

މ. ކޮޅުފުށީ މަގުތަކުގައި ތާރު އަޅައި ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:

  • ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝަނާ ފާރޫގު

  • އާރުޑިސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހަސަން ސައީދު

ތަފްސީލް - 730 ދުވަސް ނުވަތަ ދެ އަހަރުން ނިންމާ ގޮތަށް މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 93.7 މިލިއަން ރުފިޔާ އަށެވެ.

  • މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ ބޮޑެތި މަގުތައް ހިމެނޭހެން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ

  • މަގުތައް ހަދާނީ ފެން ހިންދާ ނިޒާމާ އެކު

  • މަގުބައްތި ވެސް ޖަހާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް