މީގެ ކުރިން އެމްއެންޔޫން ބޭއްވި ފޮތް މައުރަޒެއް (ދައުރު ފައިލް ފޮޓޯ/އަނާމް އަޒްމީލް)

އެމްއެންޔޫގެ ފޮތް މައުޒަރު އަންނަ މަހުގެ 20-22އަށް ބާއްވަނީ

މި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުން އަދިި ގަންނަ މީހުން ގުޅުވައިދޭ ބާޒާރެއް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު އަންނަ މަހުގެ 20 އިން 22އަށް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްެއެންޔޫން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުން އަދިި ގަންނަ މީހުން ގުޅުވައިދޭ ބާޒާރެއް ކަމަށެވެ.

ތަފްސީލް - އެމްއެންޔޫގެ މައި އިމާރާތުގައި ބާއްވާ މި މައުރަޒު އޮންނާނީ:

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 2 އިން ރޭގަނޑު 10އަށް

  • ހުކުރު ދުވަހު ހަވީރު 4 އިން ރޭގަނޑު 10އަށް

މި މައުރަޒަކީ ދިވެހި ލިޔުންތެރިން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭން ތަނަވަސްކޮށްދޭ ފުރުސަތެއް ކަމަށް އެމްއެންޔޫން ބުންޏެވެ. އެގޮތުން، މިދިޔަ ދެ އަހަރު ބޭއްވި ފޮތް މައުރަޒަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

ފޮތް މައުރަޒު ބޭއްވުމުގެ މަގުސަދަކީ، އެމްއެންޔޫން ބުނާ ގޮތުގައި:

  • ދިވެހި ލިޔުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލުމަށް ފުރުސަތު ތަނަވަސްކޮށްދިނުން

  • ޝާއިއު ނުކުރެވި ހުރި އާ ފޮތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުން

  •  ފޮތަށް އަހުލުވެރިކުރުވާ ފޮތް ކިޔުމުގެ އާދަ އުފައްދައި ދެމެހެއްޓުމުގެ ޝައުގު އުފެއްދުން

  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދީ، އެފަދަ މާހައުލެއް އުފެއްދުން

އެމްއެންޔޫން ބުނީ މައުރަޒުގައި ބައިވެރިވާން ލިޔުންތެރިން އަދި ފޮތް ވިއްކާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. މައުރަޒުގައި ބައިވެރިވާން އޮންލައިންކޮށް ފޯމު ފުރުމުން ބައިވެރިވެވޭނެ ކަމަށް ވެސް އެމްއެންޔޫން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް