މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންތަކެއް ލިިބިފައި. (ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ)

ހުކުރު މިސްކިތް

ރައްކާތެރިކަން ކަށަވަރުކޮށް ހުކުރު މިސްކިތް އަލުން ހުޅުވައިފި

ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން
4 ނޮވެމްބަރު 2021

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރުމަށް ފަހު މިއަދު އަލުން އެ މިސްކިތް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ހާދިސާ ހިނގީ އެ ރޭ 8:50 ހާއިރު ކަރަންޓު ޝޯޓެއްވެ ފަންކާއެއްގައި ރޯވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

މިސްކިތް ބަންދުކުރީ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، އިމާރާތް ރައްކާތެރިކުރުމަށެވެ.

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ މިސްކިތުގެ ފާރަށް އަސަރުކޮށްފައި. (ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ)

ތަފްސީލް - އެ މިސްކިތް ބަލަހައްޓާ ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު މިއަދު ވިދާޅުވީ ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"މާލޭ ހުކުރު މިސްކިތް ރޭ ފަތިސް ނަމާދުން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލެވިފައި،" ނާއިލް ވިދާޅުވި އެވެ.

އެނގުން މުހިންމު - މާލޭ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ތަނެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް