ފުޅަދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)
ގޮއިފުޅަ ފެހެންދޫ ފަޅުގައި ރިސޯޓެއް ހަދަން ހުޅުވާލަނީ
ބ. ފުޅަދޫ - އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ އޮންނަ ފަޅު ތެރޭގައި ރިސޯޓެއް ހަދަން ބިޑަށް ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ފުޅަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ފަޅަށް ވުރެ "ފައްކާ" ސަރަހައްދެއް މި ސަރަހައްދުގައި ވެސް ނޯންނާނެ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މުޅި ދުނިޔޭގެ އެކި ސަރަހައްދުތަކުން މި ސަރަހައްދުގެ ގޮނޑުދޮށްތައް ބަލަން އަންނާނެ ކަމަށެވެ.
"މިއަށް ވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމްއަށް މި ސަރަހައްދުގައި ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
"މުޅި ދުނިޔެއަށް އެންމެ މަޝްހޫރު އެއް ބީޗު އޮތީ މި ސަރަހައްދުގައި. ހަމައެކަނި އެ ގޮނޑުދޮށް ބަލާލަން އަންނާނެ ކިތަންމެ ބަޔަކު."
އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ އޮންނަ ފަޅު ތެރޭގައި ރިސޯޓެއް ހަދަން ބިޑަށް ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ.
— Dhauru (@Dhaurunews) August 21, 2023
އިތުރަށް ކިޔާލަން: https://t.co/W9xCd7LdFl pic.twitter.com/LOk0Vfqvbg
މި ރަށުގައި ގެންގުޅޭ ޑިންގީތައް އަޅާނެ ފްލޯޓިން ޖެޓީއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުޅަދު އާއި ގޮއިދޫ އަދި ފެހެންދު އަކީ މި އަތޮޅުގައި ވަކިން އޮންނަ ތިން ރަށްކަމުން މީގެ ކުރީ ސަރުކާރުތަކުގައި މި ތިން ރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ކުރީ ސަރުކާރުތަކުން މި ރަށްތަށް ބޭނުންކުރަނީ ވެރިންގެ މުހުތާދުތައް ފުއްދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފުޅަދުއަށް ވެސް ވައުދުތަކެއް
އަންނަ ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، މި ރަށަށް ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންތައްތަކަކީ:
-
ވޮލީ ކޯޓާއި ކޮމިއުނިޓީ ސެންޓަރު ގާއިމްކުރުން
-
ކުނި މެނޭޖުކުރަން ވޭސްޓް މެނޭޖުމެންޓު ސެންޓަރެއް ގާއިމްކުރުން
-
ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އެޅުން
-
ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުން