ރިޔާސީ އިންތިހާބުގެ އެކި މަސައްކަތުގައި އީސީގެ މުވައްޒަފުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މާދަމާ ހަވީރު 4:30އާ ހަމައަށް އޮންނާނެ: އީސީ

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ މެންދުރު 2 އަށް ހަމަވި އިރު، 8 ކެންޑިޑޭޓެއްގެ ޝަރުތު ހަމަވޭ

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުން ބޭފުޅުންނަށް މާދަމާ ހަވީރުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ މެންދުރު 2އަށް ހަމަވި އިރު، ނުވަ ކެންޑިޑޭޓަކު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންގެ ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ ހަވީރު 4:30ގައި ދަރުބާރުގޭގައި އޮންނާނެ ކަމަށާއި އޭގެ ކުރިން ނަން އަނބުރާ ގެންދަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކެންޑިޑޭޓުން:

  • އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

  • އެމްއެންޕީގެ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

  • ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

  • ޖޭޕީގެ ކެންޑިޑޭޓު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ޑިފެންސްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް

އިތުރު އާޓިކަލް

އިތުރު އާޓިކަލް