މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

ކޮޅިގަނޑެއްގެ އަސަރު ކުރަން ފަށައިފި؛ ކުރިއަށް އޮތީ މޫސުން ގޯސް 3 ދުވަސް

މެޓުން ބުނީ ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް
1 ނޮވެމްބަރު 2021

އަވަށްޓެރި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މެޓުން މިއަދު ނެރުނު އެލާޓުގައި ބުނީ، ރާއްޖޭގެ އިރުއުތުރުން، ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅުގަނޑަކާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، އާންމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ އިރު މޫސުމަށް ސަމާލުވުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ތަފްސީލް - މެޓުން ވަނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކޮންމެސް ވަރަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް:

  • ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

  • ކަނޑުތައް ގަދަވާނެ 

ގުޅުންހުރި ކަމެއް - މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް