ހއ. ދިއްދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

އެމްޑީޕީ

ރޮޒައިނާ އިދިކޮޅު ޕާޓީތަކަށް: ތި ހޯދާ ކޮމަން ކެންޑިޑޭޓަކީ ރައީސް ސޯލިހު

އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެވޭތޯ މަސައްކަތްކުރަމުން އަންނައިރު، އެ ހުރިހާ ޕާޓީތަކުން ވެސް ކެންޑިޑެސީ ބޭނުންވާ ކަމަށް ރޮޒައިނާ ވިދާޅުވި

ހއ. ދިއްދޫ - އެމްޑީޕީއާ އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެ ކެންޑިޑޭޓަކީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ހއ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމާލުމުގެ ގޮތުން މި ރަށުގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތަކެއް އައްސަވާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - "ހުރިހާ ބޭފުޅުންނަށް ވެސް އެއްބަސްވެވުނު އެއް ކެންޑިޑޭޓަކު ނެރެން. ދެން އެ ކެންޑިޑޭޓަކީ ކޮބައިހޭ ބުނާއިރަށް ހުރިހާ އެންމެންގެ އަތް މައްޗަށް. މިވަރުން ކިހިނެއްތޯ ދެން ކޮމަން ކެންޑިޑޭޓެއް ނެރޭނީ؟" ރޮޒައިނާ ވިދާޅުވި އެވެ.

" އެކަމަކު މި ބޭފުޅުން މި އުޅެނީ އެއް ގޮތަކަށް ވެސް ވެރިކަން ބޭނުންވެގެނެއް ނޫން އިނގޭތޯ."

އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތްކުރަން ނިންމިކަން އިދިކޮޅު ޕާޓީތަކުން އިއުލާންކުރުމާ އެކު، ރޮޒައިނާ ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ހުށަހަޅާ ކޮމަން ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ.

"އަދި އެ ބޭފުޅާ [ރައީސް ޔާމީން] ވީ ތަނެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެންވީމަ މި ހާލަތުގައި އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މި އިންނެވީއޭ ކޮމަން ކެންޑިޑޭޓު. ވަޑައިގަންނަވާށޭ، މިއަށް ވުރެ ރަނގަޅު ޗޮއިސްއެއް ތިބޭފުޅުންނަށް ވެސް ނުލިބޭނޭ."

ހއ. ދިއްދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން ޓީމް)

އެނގުން މުހިންމު - ޕީޕީއެމް އާއި އެމްއާރުއެމްއާ އެކު މަޝްވަރާކޮށްގެން އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރެން، އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރިޔާސީ ކެމްޕޭނެއް ކުރައްވަމުން ގެންދަވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެއްބަސްވެވަޑައިގަތީ މިދިޔަ ބުދަދުވަހު އެވެ.

  • ގާސިމް ވިދާޅުވީ ބޭނުންވަނީ އެއް ކެންޑިޑޭޓަކާ އެކު ކުރިއަށް ދާން ކަމަށާއި އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމް އާއި އެމްއާރުއެމްއާ ވާހަކަދައްކަން ފަށާނެ ކަމަށް؛ އެއް ކެންޑިޑޭޓަކަށް އެއްބަސްނުވެއްޖެ ނަމަ، މިހާރު ވެސް އޮތް ގޮތަށް ޕާޓީތަކުން ވަކިވަކިން ވާދަކުރާނެ ކަމަށް

  • ޑިމޮކްރެޓްސްގެ ބާނީ، މަޖިލީހުގެ ރައީސް ނަޝީދު ވެސް ވިދާޅުވީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުމުގެ މަޝްވަރާތައް ފަށަން އެއްބަސްވެފައިވާ ކަމަށް

  • އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކެމްޕޭނު ފައްޓަވާފައިވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ގައުމުގައި ހުރި ކަންކަމާ މެދު ތިން ލީޑަރުން މަޝްވަރާކޮށް، ހުރިހާ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރުމަށް އެއްބަސްވެވިފައިވާ ކަމަށް

  • ޕީޕީއެމް އިން ބުނަމުން އަންނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އިންތިހާބުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް 

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް