އިލެކްޝަން ކޮމިޝަން ބައްދަލުވުމަށްފަހު ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް މީޑިއާ ތަކާ ބައްދަލުކުރަނީ
އީސީން ފޯމު ބަލައިނުގަތްފި ނަމަ، ސުޕްރީމް ކޯޓުން ކާމިޔާބު ލިބޭނެކަން ޔަގީން: ޕީޕީއެމް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބަލައިނުގަތްފި ނަމަ، ސުޕްރީމް ކޯޓުން އެކަމުގައި ކާމިޔާބު ލިބޭނެ ކަން ޔަގީންވާކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ އިންތިހާބު ފެށުމަށް އެންމެ ދެމަހަށްވެފައިވާ އިރު، ޖަލު ހުކުމެއްގައި މިހާރު މާފުށީ ޖަލުގައި ހުންނެވި އެ ޕާޓީގެ ކެންޑިޑޭޓު، ޔާމީންއާ ބައްދަލުކުރުމުގައި ދަތިތައް ހުރިކަމުގެ ޝަކުވާތަކާ އެކު މިއަދު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަނީ އީސީއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ޔާމީންގެ ކެންޑިޑަސީ ބަލައިގަތުމާ މެދު މިފަހުން އީސީގެ ރައީސް ފުވާދު ތައުފީގު ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރީން ސުވާލުކޮށްފައިވެ އެވެ.
ތަފްސީލް - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވެސް ވިދާޅުވީ، ޔާމީން އަށް ކުރިމަތި ނުލެވޭނެ ހާލަތެއް އެޕާޓީން ނުވިސްނާ ކަމަށާއި، ޔާމީން ނޫން އެހެން ކެންޑިޑޭޓަކު އެ ޕާޓީގެ ފަރާތުން ނެރެން ޕާޓީގެ އެއްވެސް ގުނަވަނަކުން ވެސް ބޭނުން ނުވާ ކަމަށެވެ.
ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް އީސީން ފުރުސަތު ހުޅުވާލުމާ އެކު ޔާމީންގެ ކެންޑިޑަސީ ފޯމު ހުށަހަޅާނެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެކަމަށް ގާނޫނީ ހުރަހެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ:
-
ޔާމީންގެ ކެންޑިޑަސީ ލާކަަށް ހުރަހެއް ނެތް
-
ފޯމު ބަލައިނުގަނެގެން ސުޕްރީމް ކޯޓަށް ދާންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ދާނަން
-
މީގެ ކުރީން ވެސް ސުޕްރީމް ކޯޓުން އެފަދަ މައްސަލަތަކުގައި ގޮތް ނިންމާފައި ހުރީ ކުރިމަތިލެވޭނެ ކަމަށް
-
ޔާމީނަށް ވެސް ސުޕްރީމް ކޯޓުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް؛ ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ
-
އިތުރަށް ކިޔާލަން - ޔާމީންގެ ރިޔާސީ ކެމްޕެއިން 16 އަތޮޅެއްގައި ރަސްމީކޮށް ފަށައިފި