ބޮޑު އީދަށް މާލޭގެ މަގުތައް ޒީނަތްތެރިކޮށް، ގިޑިގެ ހަދާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބޮޑު އީދު 2023

ގިނަ ބަޔަކަށް ދައްކާލުމަށް، އީދަށް ދެމި ބޮކިތައް ނުނަގާ ދުވަސްކޮޅަކު ބަހައްޓަނީ

މިހާރު ނިންމާފައިވާ ގޮތުން މި ބޮކިތައް ނަގާނީ އަންނަ ހަފްތާ ބަންދުގައި

ބޮޑު އީދު ފާހަގަ ކުރުމަށް، މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ބޮކިތަކާއި އީދު މުބާރިކް ބޯޑުތައް އަދި ގިޑިގެތައް ނުނަގައި، ދުވަސްކޮޅަކު ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެހެން ފަހަރުތަކާ ހިލާފަށް، މި ފަހަރު މާލޭގައި އީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގެ މަގުތައް ވަނީ ކުލަ ބޮކިތަކުން ދިއްލާލައިފަ އެވެ. އެގޮތުން ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލޭގެ ބައެއް މަގުތަކުގައި ދިއްލޭ ގިޑިގެތައް ހަދައި ބޮޑެތި ބޯޑުތައް ހަރުކޮށް، ބޮކި ފަތި ދެމި އެވެ.

އެހެންވެ، މި ބޮޑު އީދުގެ ތެރޭގައި މާލެއިން ފެނުނީ އީދާ ގުޅޭ ހިތްގައިމު، ރީތި މަންޒަރެކެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ބޮކި ފަތިތައް ދެމީ މިއަދު ނަގާ ގޮތަށެވެ. އެހެންވެ، އެކި ސަބަބުތަކާ ގުޅިގެން އީދު ބަންދުގައި ރާއްޖޭން ބޭރަށް ދިޔަ މީހުންނަށް އެ ރީތިކަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު އީދަށް މާލޭގެ މަގުތައް ޒީނަތްތެރިކޮށް، ގިޑިގެ ހަދާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އެހެން ބޭރަށް ދިޔަ ވަރަށް ގިނަ ބަޔަކު އަޅުގަނޑު ކައިރީގައި އެބަ އެދޭ، އެ މީހުންނަށް ވެސް އެ ލައިޓުތައް ފެންނާނެ ގޮތެއް ހެދުމަށް. އެހެންވެ، އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ އަންނަ ހަފްތާ ބަންދުގައި ލައިޓުތައް ނެގުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުގެ މި ނިންމެވުމާ މެދު ބައެއް މީހުންގެ ހިޔާލުތަފާތެވެ. ދުވަސްތަކަކަށް ފަހު މާލެއިން ފެނުނު މި ރީތިކަން، އަދި ކުޑަ ދުވަސްކޮޅަކު ބާއްވާލަން ބައެއް މީހުން ތާއީދު ކުރާއިރު އަނެއް ބަޔަކު ބުނަނީ އީދަކީ ހާއްސަ މުނާސަބާއެއް ކަމަށާއި މުޅި އަހަރަކީ އީދު ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.

"އީދު އޭގެ ހާއްސަ ކަމުގައި ބޭއްވުން އެދެން،"  އެކަމާ ގުޅޭގޮތުން ހިޔާލުތަފާތުވި މީހަކު ޓްވިޓާގައި ބުންޏެވެ.

އެނގުން މުހިއްމު:

  • މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ ބެހެއްޓި 

  • މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތައް ހިމެނޭހެން 2،224 ބޮކި ހަރުކުރި

ކޮމެންޓް (42)

ޒިމްނާ ފަހްމީ

2 ޖުލައި 2023
މުއިޒް އަށް ތާއިދު ނުކުރިޔަސް މިކަމުގެ ސަބަބުން މުއިޒްއާ ދޭތެރޭ ދެކުނު ގޮތް ބަދަލްވެއްޖެ. ސަބަބަކީ މަގޭ ދަރިން މާލޭގަ ތިބެގެން އުފަލުގަ އީދެއް ފާހަގަކުރެވުން.
1 0

ނޫރާ

2 ޖުލައި 2023
އަހަރެންވެސް އަހަރެންގެ ދަރިންނަށްވެސް މި ދިއްލުންތަކާއި ހެދި ވަރަށް އުފާ މާލޭގަ ހުރެފަ ލިބިއްޖެ. އަލްހަމްދުﷲ.
1 0

މަފާޒް ސަލީމް

2 ޖުލައި 2023
ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މުއިޒް ވަރެެއް ނެތް. މަގޭ ދަރިން ތިބީ ވަރަށް އުފަލުން މިކަހަލަ މަންޒަރެއް މާލެއިން އަލަށް ފެނުނީމަ.
1 0

އަހްމަދު ނަސީމް

2 ޖުލައި 2023
މާލެ ސިޓީ ރައްޔިތުން ދެންވެސް ވޯޓް ލާންވީ ކަންކަން ކުރާނެ މީހުންނަށް. މުއިޒް މިއީ މިކަމުގެ ނަމޫނާއެއް. ގައިމު އަލަށް މިކަންވެސް މިކުރީ.
1 0

ޝަމްޒީނާ

2 ޖުލައި 2023
މާލެ ދުއް އެއްމެ ރައްޔިތުންނާ ގުޅޭ އެއްމެ ހިިންގުންތެރި މޭޔަރަކީ މުއިޒްކަމަށް ނިންމައިފިން. މާ ރަނގަޅު ޝިފާއަށްވުރެ
1 0

ސީމާ

2 ޖުލައި 2023
ދަރިން ގޮވައިގެން މާލެ ދަން 6 ވަނަ ދުވަހު. އުފާވެއްޖެ މި މަންޒަރުތައް ދެއްކޭނެތީ.
1 0

އާދަމް ހުސާމް

2 ޖުލައި 2023
މިކަހަލަ ރައްޔިތުންގެ ވިންދު ދަންނަ މީހުން މަދުވާނެ. މާލެ ރައްޔިތުން އަސްލު ވަރަށް ނަސީބް ގަދަ މުއިޒް ލުބުނީމަ.
1 0

ޝިއުރާ

2 ޖުލައި 2023
2002 ފެށިގެން މާލޭގަ މިއުޅެނީ. އަދި ކިރިޔާ ޢީދެއް މި ފާހަގަ ކުރީ. ނުވިތާކަށް އުލްހިޔާވެސް ކަތިލައިފި. ޝުކުރަން އަދުގެ ކައުންސިލް..
1 0

މުފީދާ

2 ޖުލައި 2023
މިއީ ކުރިން މާލެ ރައްޔިތުންނަށް މިނިވަން 50 ގަ ފިޔަވާ ފެނުން މަންޒަރެއް ނޫން. މުއިޒް މިކަން ބަދަލްކޮށްފި.
1 0

ހަސަން

2 ޖުލައި 2023
މުއިއްޒް ރިޔާސީ އިންތިހާބަށް ލިޔަސް ވޯޓް ދޭނަން. އެހާ ރަނގަޅު.
1 0

ފަރީޝާ

2 ޖުލައި 2023
މި ވަރުގެ މޭޔަރެއް އަދި ނާދޭ މާލޭ ބޭފުޅުންނަށް ތިޔަ ލިބުނީ ހަމަ ޖަވާހިރެއް
1 0

ނާއިޒް ހަސަން

2 ޖުލައި 2023
ސާބަހޭ މޭޔަރު މިރޭ މި އާދެވުނީވެސް މާލެއަށް ވަރަށް ޗާލު
1 0

ހަސަން ބާސިތު

2 ޖުލައި 2023
މުއިޒް މެން ތަފާތު ވާނެ މިވަރުގެ ސިޓީ ކައުންސިލްއެއް ނާދޭ އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މާލެ ދާނަން
1 0

މެހަފޫޒް

2 ޖުލައި 2023
އަޅުގަނޑުގެ ކުޑަ 2 ކުދިން މި ގިޑިގެތައް ބަލާފަ ތިބީ ނުހަނު އުފަލުން.އުއްމީދުކުރަން އަބަދުވެސް މިގޮތަށް އީދު ފާހަގަ ކުރާނެ ކަމަށް.
1 0

އަބްދުﷲ ޝުއައިބް

2 ޖުލައި 2023
މާލޭ ރައްޔިތެއްގެ ހައިސިއްޔަތުން މުއިޒް ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެން. ކަދުރު ރުއްތަށްވެސް އެހާ ޗާލު. ބޮކިތައްވެސް
1 0

ޒުހުރީ

2 ޖުލައި 2023
މިނިވަން 50 އަށް ފަހު މިހާ ކުލަ ގަދަކޮށް މާލެ ޒީނަތްތެރި ކުރި ފުރަތަމަ ފަހަރު. ޗާލު ބަލާބަލާާ ފޫހި ނުވޭ.
1 0

ނުއީދާ

2 ޖުލައި 2023
ދަރިން ތިބީ ވަރަށް އެކްސައިޓް ވެފަ މި މަންޒަރު ބަލަން ދާން. އިންޝާﷲ މާދަން ނޫން އަނެއް ދުވަހު ދާނަން
0 0

އަފްހާމް

2 ޖުލައި 2023
ތުރުކީއަށް ކުރި ދަތުރުގައި ވެސް އޮތީ މިކަހަލަ ގޮތަކަށް އެ ގައުމު ޒީނަތްތެރި ކޮށްފަ. ވަރަށް ޗާލު އަސް ސިޓީ ކައުންސިލުން މި ހެދި ގޮތް
0 0

އަމީން

2 ޖުލައި 2023
މާކޭގަ އުޅޭތާ 39 އަހަރުވެއްޖެ. އެކަމަކު އަލަށް އީދު މިހާ ކުލަ ގަދަކޮށް ފާހަގަ ކުރި ހަދާން މިވަނީ. ޝުކުރިއްޔާ ކައުންސިލް އަދި މޭޔަރ މުއިޒް އަބަދުވެސް މިހެން ކުރާތީ
0 0

އަފްސަލް

2 ޖުލައި 2023
ރައްޔިތުންގެ ވިސްނުމާ ވިންދާ އެއްގޮތަށް މުއިޒް ކުރިޔަށް މިދަނީ. މިއީ ހާދިމުން މަސައްކަތް ކުރަން ޖެހޭ ގޮތަކީ
0 0

ޝިއުމް

2 ޖުލައި 2023
އަޅުގަނޑު މިއަދު ފަހުރުވެރިވޭ ޑރ.މުއިޒްއަށް ވޯޓް ދިން މީހެކޭ ބުނަން. އެހާވެސް ކަންކަން އަހަރުމެން އެދޭގޮތަށް އެބަ ކޮށްދޭ
0 0

ޒިމާމް

2 ޖުލައި 2023
މަ ނުދެކެން މިވީހާ ދުވަހު މިހާ ހިންގާލާފަ ސިޓީ ކައުންސިލް އުޅުނުތަން. ވަރަށް ނަތީޖާ ކުރިން ދަށް. އެކަމަކު މިއަދު މާތަފާތު. ނިކަން ހިނގާލާ އެބަ
0 0

ޝިފްލާ

2 ޖުލައި 2023
ހާދަ ހެވޭ މުއިޒް. އައްޑޫ އަށް ވެސް މިކަހަލަ މޭޔަރެއް ލިބޭނަމަ ކިހާ ރަނގަޅު
0 0

ޔުސްރާ މޫސާ

2 ޖުލައި 2023
އަޅުގަނޑުގެ ދަރިފުޅުވެސް މާލެ ދާހިތުން ކެތްމަދުވެފަ ހުރީ މި މަންޒަރު ބަލާލަން
0 0

ފާތިމާ

2 ޖުލައި 2023
އަލްހަމްދުﷲ އުފާވެރި ހަބަރެއް އިންޝާﷲ ފެނާނެ އެހެންވީމަ
0 0

އަހްމަދު ނަސީމް

2 ޖުލައި 2023
ސާބަހޭ މުއިއްޒް . ތަފާތު ހަމަ ވަރަށް ތަފާތު
0 0

މުސްލިހް

2 ޖުލައި 2023
ވަރަށް އުފާވެއްޖެ. ދަރިންކޮޅު މާލޭ އަންނާނެ މި ވީކްގަ. ދެއްކޭނެ
0 0

އަޝްފާ

2 ޖުލައި 2023
އަލަށް މާލޭގަ ހުރި ބިރެއް މިއީ. ވަރަށް ހިތް ހަމަ ޖެހިއްޖެ ސިޓީ ކައުންސިލުން ޒީނަތްތެެރި ކުރީމަ.
1 0

ރިމްލާ

2 ޖުލައި 2023
މާލޭ ރައްޔިތެއްގެ ހައިސިއްޔަތުން އަދުގެ ސިޓީ ކައުންސިލުން މާލެ ފުރިހަމަ ކުރަން މިކުރާ މަސައްކަތް ބަލައިގަންނަން.
1 0

ޒޫނާ

2 ޖުލައި 2023
ވަރަށް ޗާލު މިފަހަރު މާލެ. ފުރިހަމަ ޝުކުރިއްޔާ ކައުންސިލް
1 0

ރުވޭދާ

2 ޖުލައި 2023
އަޅުގަނޑު ވަރަށް އެކްސައިޓް ވެފަ މިހުރީ މާދަން މާލެ ދާން. ތި ގިޑިގެތައް ބަލަން
1 0

ނީޒާ

2 ޖުލައި 2023
މިފަހަރު އަދި ކިރިޔާ އަހަރުން މާލޭ މީހުންނަށް އީދެއް އައިހެން މި ހީވީ. ވަރަށް ޝުކުރު ކައުންސިލް
1 0

ނޫރާ

2 ޖުލައި 2023
މެލޭޝިޔާގަ މިހުރީ.ދެވޭނީ 6 ގަ. އެހެންކަމުން ބެލޭނެ ދޯ.
1 0

ރިމްޝާ

2 ޖުލައި 2023
އަހްލަމްދުﷲ. ވަރަށް އުފާވެއްޖެ. މާދަން މާލެ ދެވޭނީ ތި ބަލަން.
1 0

އަހްމަދު ނަސީމް

2 ޖުލައި 2023
ވަރަށް ރަގަޅު ކަމެއް. ޝުކުރިއްޔާ ނޭޔަރ
1 0

ހާސިމާ

2 ޖުލައި 2023
ވަރަށް ފުރިހަމަ ވަރަށް ޗާލު ޝުކުރިއްޔާ މޭޔަރު
1 0

އަލީ އަތޫފް އަހުމަދު

2 ޖުލައި 2023
މޭޔަރުމެން ހިންގާލާ އިނގޭ އަހަރުމެން މިއައީ ޗުއްޓީ ނިންމާފަ ރަށުގަ އުޅެފަ އެއްވެސް ކަމެއް ނެތް މާލެތެރޭ މާ ސަޅި ހަމަ ހަބޭސް
0 0

އާތިފާ އަލީ

2 ޖުލައި 2023
މިހާރު މި ދަނީ މާލެ ދާން މިރޭ ފެނާނެތާ ގިޑިގެތަށް ބަލާލާ ހިތުން ކެތްމަދުވެފަ މި ހުންނަނީ
1 0

މޫމިން މުހައްމަދު

2 ޖުލައި 2023
މުއިޒް ހާދަ ރަގަނޅޭ މިފަހަރު މާލޭގައި އީދުގެ އިހުސާސް ފާހަގަވޭ
1 0

ފާތުމަތު ޔަސްނާ

2 ޖުލައި 2023
ވަރަށް ރަގަނޅު ނިންމުމެއް މާލޭގެ ޒީނަތްތެރިކަން ފެނިފަ ހަމަ އަޖައިބުވެފަ މިހުންނަނީ ދެން އިރާދަކުރެއްވިއްޔާ ފެންނާނެތާ
1 0

މީސަމް

2 ޖުލައި 2023
ނަސީބެއް. އަހަރެން އަދި މި އަތޮޅު ގުރާދޫގަ ހުރެފަ މާލެ ދާން މި ހުރީ ގިޑިގެތައް ބަލާލަން
1 0

ޖައިޝް

2 ޖުލައި 2023
ވ ރަނގަޅު ކަމެއް. އަހަރެންނަށް ގިޑިގެތައް ވ ކަމުދޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް