ފޭސް ސެޓްފިކެޓް ހައްދައިދިން މައްސަލާގައި ހޯދާ އަބިން (ވ) އަދި އެ ސެޓްފިކެޓު ހެއްދި ނިކިލް.

ރާއްޖެ-އިންޑިއާ

ވަގު ސެޓްފިކެޓު ވިއްކި މައްސަލައެއްގައި ހޯދާ އިންޑިއާ ޓީޗަރު މަސައްކަތް ކުރަނީ ރާއްޖޭގައި: ރިޕޯޓް

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބޭ

ވަގު ސެޓްފިކެޓު ހަދައި އެ ވިއްކި މައްސަލައެއްގައި އިންޑިއާގެ ފުލުހުން ހޯދަމުން އަންނަ އެ ގައުމުގެ ޓީޗަރަކު މިހާރު މަސައްކަތް ކުރަނީ ރާއްޖޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެރެލާގެ ފުލުހުންނަށް ހުށަހަޅާފައިވާ ވަގު ސެޓްފިކެޓު ހަދައި ވިއްކުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ އަބިން ސީ ރާޖު ކިޔާ މީހެކެވެ. އޭނާ އަކީ ކުރިން ކެރިއާ ގައިޑެންސް އާއި ލައިފް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށް އެ ނޫސްތަކުގައިވެ އެވެ.

ތަފްސީލް - އަބިން ހޯދަމުން ދަނީ، އޭނާގެ މައްޗަށް ކުރެވޭ ވަގު ސެޓްފިކެޓު ހެއްދި ކަމުގެ ތުހުމަތުގަ އެވެ. އޭނާ ހޯދަން ކެރެލާ ފުލުހުން ވަނީ އިންޓަޕޯލް ބްލޫ ކޯނާ ނޯޓިސް ވެސް ނެރެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން:

  • ނިކިލް ތޯމަސް ކިޔާ މީހަކަށް ފޭކް ސެޓްފިކެޓެއް ހައްދައިދިން ކަމުގެ ތުހުމަތުވާ އެ ޓީޗަރު މިހާރު މަސައްކަތް ކުރަނީ ރާއްޖޭގައި؛ އޭނާ މަސައްކަތް ކުރަނީ ކޮން ސްކޫލެއްގައި ކަމެއް ސާފެއް ނުވޭ

  • ނިކިލް ބުނެފައިވަނީ އޭނާ އަބިންއަށް 200،000 ރުޕީސް (37،000ރ.) ދީގެން ފޭކް ޑިގްރީ ސެޓްފިކެޓެއް ހެއްދި ކަމަށް 

  • ކަލިންގާ ޔުނިވާސިޓީގެ އެ ޑިގްރީ ސެޓްފިކެޓު ހެއްދީ، އޭނާ އެ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ކޯހުން ފެއިލް ވެފައި ވަނިކޮށް

ފޭކް ސެޓްފިކެޓު ހެއްދިކަން ފަޅާއެރީ ކަޔަމްކުލަމްގައި ހުންނަ އެމްއެސްއެމް ކޮލެޖަށް މާސްޓާސް ކޯހަކަށް ކުރިމަތިލައި އެ ސެޓްފިކެޓު ހުށަހެޅުމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

ރައްޔިތު އަހުމަދު

26 ޖޫން 2023
ޢެއީ ކަލާފާނު ސްކޫލްގެ ގްރޭޑް 9 އަށް އިކޮނޮމިކްސް ކިޔަވާދޭ ޓީޗަރ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް