ހިތަދޫގައި ރޭ ހިނގި އެކްސިޓެންޑުގައި މަރުވި އަލްތާފް، 24.

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އެކްސިޑެންޓުގައި މަރުވީ 24 އަހަރުގެ މީހެއް؛ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި.
18 އޮކްޓޯބަރު 2021
1

އައްޑޫ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ރޭ ދަންވަރު 12:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓްގައި މަރުވީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 24 އަހަރުގެ މީހާ އެވެ.

ބުނީ ކީކޭ؟ - ތަރުޖަމާނު ވިދާޅުވީ އޭނާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ގުޅޭ ގޮތް ނުވާތީ އިތުރު މައުލޫމާތެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - މި އެކްސިޑެންޓުގައި މަރުވެފައިވަނީ މުހައްމަދު އަލްތާފް ނަމަކަށް ކިޔާ ހިތަދުއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ މަރުވި އެކްސިޑެންޓު ހިންގީ ނޫރާލީ މަގާއި އާރި މަގު ގުޅޭ ހިސާބުގަ އެވެ.

ކޮމެންޓް (1)

އަބޫބެ

18 އޮކްޓޯބަރު 2021
ދެރަ މިހާ ޒުވާން ކުދިން މިހެން ފަރުވާ ކުޑަކުރުމުގެ ސަބަބުން ދުނިޔެ ދޫކޮށްލަން ޖެހުނީމަ. އާއިލާ އަށް ކެތްތެރިކަން ދެއްވާށެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް