ގާޒީ ބިލްޑިިިިން ތަޅާލުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ގާޒީ ބިލްޑިން 41 އަހަރު ފަހުން ތަޅާލަން ފަށައިފި
ސަރުކާރުގެ ގިނަ އިދާރާތަކެއް ހިންގަމުންދިޔަ ގާޒީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެ އިމާރާތް ބާވެ، ބޭނުން ކުރަން ރައްކާތެރި ތަނަކަށް ނުވާތީ އެތަނުގައި ހިންގަމުން ދިޔަ މުވައްސަސާތަކުގެ ހިންގުން ވަނީ އެކި އިމާރާތްތަކަށް ބަދަލުކޮށްފަ އެވެ.
ތަފްސީލް - މީގެ ކުރިން ކަރެކްޝަނަލް ސާވިސަސް އަދި އޮޑިޓާ ޖެނެރަލްގެ އޮފީސް ވެސް ހިންގަމުން ދިޔަ އިމާރާތް ހުސްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ މާޗު މަސް ހިސާބުގަ އެވެ.
އެތަން ތަޅާލާ، އިމާރާތް ހުރިތަނުގައި ޕާކިން ޒޯނެއް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ.
އެނގުން މުހިއްމު - ގާޒީ ބިލްޑިން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 1982 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. ސަރުކާރުގެ އިދާރާތައް އެއް ފުރާޅެއްގެ ދަށުގައި ހިންގުމަށް އޭރު އެޅި އިމާރާތް 41 އަހަރު ފަހުން ތަޅާލާއިރު އެ އިމާރާތުގެ ކުރިމައްޗަށް ވާގޮތަށް ހުރި ހުރަވީ ބިލްޑިން ތަޅާލާ، އެ އިމާރާތް ހުރިތަނުގައި ވެސް ވަނީ ޕާކިން ޒޯނަކާއި ޕާކެއް ގާއިމް ކޮށްފަ އެވެ.
ކޮމެންޓް (1)
ަްއަލީ