އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، 8 އޮގަސްޓް 2021 (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖިންސީ ގޯނާ

ޖިންސީ ގޯނާގެ ތުހުމަތުވާ ސްކޫލް މުވައްޒަފު ސަސްޕެންޑުކޮށްފި

އެޑިއުކޭޝަނުން ބުނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް
17 އޮކްޓޯބަރު 2021

މާލޭގައި ހިންގާ ޕްރީސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ ސްކޫލް މުވައްޒަފު ސަސްޕެންޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަންފެށީ އިއްޔެ އެވެ. މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެޑިއުކޭޝަންގެ ބަސް - އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުމާ އެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ މައްސަލައިގެ މައުލޫމާތު ލިބުމާއެކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ބަލައި ނިމެންދެން، ތުހުމަތުވާ މުވައްޒަފު ހުންނާނީ ސަސްޕެންޑުކޮށްފައި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. 

ގުޅުން ހުރި - މިދިޔަ ހުކުރު ދުވަހު އުތުރުގެ ރަށަކުން 11 އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ބޮޑުބޭބެ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި އުމުރުން 37 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

އުތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް