މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން މާލޭ މަޖީދީމަގު ފެން ބޮޑުވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މޫސުން

ކުރިއަށް އޮތް 2 ދުވަހު ވެސް މޫސުން ގޯސްވާނެ

ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހަށް ވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ ކުރީކޮޅު ހުޅަނގު މޫސުން ރާއްޖެއަށް ފެށުނީއްސުރެ ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، މޫސުން ގޯސްވެ އެވެ. އެގޮތުން، ތޫފާންތަކާއި ކޮޅިގަނޑުތަކުގެ އަސަރުކޮށް، މިިދިޔަ ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހިފައިވެ އެވެ.

ތަފްސީލު - މި ހަފުތާ ފެށުނީއްސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯހެވެ. ހާއްސަކޮށް މިއަދު ދަނީ ބައެއް ސަރަހައްދުތަކަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންނެވެ.

މެޓު އޮފީހުން ބުނީ މި ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

"އެކަމަކު ބޮޑަށް މީގެ އަސަރު ކުރާނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް. އުތުރަށް މަޑުވާނެ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ވިއްސާރައިގައި ކަނޑު ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

މިއަދުގެ މޫސުން

  • ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައި

  • އުތުރުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ

  • ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން؛ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ 

  • ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ

  • އިއްޔެ ހެނދުނުން މިއަދު ހެނދުނާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށް؛ އެއީ 35.9 މިލިލީޓަރުގެ ވާރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް