ރާއްޖޭގައި ފަޅެއް ހިއްކަނީ: ރާއްޖޭގެ އެކި ސަރަހައްދުތަކުން އަލަށް ރަށްތަކެއް ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި.

4 ރަށެއް ހިއްކައި މުއްސަނދިންނަށް ވިއްކާލައިގެން 231 މިލިއަން ރުފިޔާ ހޯދަނީ

އެ މަޝްރޫއު ހިންގަނީ ސަރުކާރުގެ %100 ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުމެންޓް ކޯޕަރޭޝަން މެދުވެރިކޮށް

އަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ބިން ހިއްކައިގެން މުޅިން އާ ހަތަރު ރަށް ހަދައި އެ ތަންތަން މުއްސަނދިންނަށް ވިއްކައިގެން 231 މިލިއަން ރުފިޔާގެ އާމްދަނީ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރިއަލް އެސްޓޭޓް ޓޫރިޒަމްގެ މަޝްރޫއުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އަލަށް ރަށްތަކެއް ހިއްކައި އެ ތަންތަން ވިއްކުމުގެ މަޝްރޫއެއް ހިންގަން ރާވާފައި ވަނީ:

  • ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑު މެނޭޖުމެންޓް ކޯޕަރޭޝަން މެދުވެރިކޮށް 

  • ހަތަރު ރަށެއް ހިއްކައި އެ ރަށްތައް ވިއްކާލާނެ

  • ސީދާ ބަޖެޓަށް އާމްދަނީ ލިބޭނީ ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަންގެ ޑިވިޑެންޑުގެ ގޮތުގައި

  • އެ ކުންފުނިން ޑިވިޑެންޑުގެ ގޮތުގައި 231.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރޭ

  • ބަޖެޓުން ކެޕިޓަލްގެ ގޮތުގައި ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނަށް 7 މިލިއަން ރުފިޔާ ދޭނެ

ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު (ކ)، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ އެކު. (ފައިލް ފޮޓޯ/ފަންޑު ކޯޕަރޭޝަން)

ތަފްސީލް - ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދަށުން ހިއްކާ ރަށްތަކާއި ފަޅުތައް ކުއްޔަށް ދޭނެ އުސޫލަކީ:

  • ޕްރައިވެޓް އައިލެންޑް ތަރައްގީކުރަން 

  • ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރެވޭނެ

  • ރިސޯޓާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލެވޭނެ

އެނގުން މުހިއްމު - ރިއަލް އެސްޓޭޓު ޓޫރިޒަމަށް ބިން ދޫކުރަން ނިންމައި މި އަހަރަށް ލަފާކުރި ބަޖެޓުގައި ވެސް ހިމެނި އެވެ. ނަމަވެސް އެކަން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާނުލެވުމުގެ ސަބަބުން އެކަން ތަންފީޒު ކުރުން ވަނީ ލަސްވެ އޭގެ ނޭދެވޭ އަސަރު ބަޖެޓަށް ކޮށްފައިވެ އެވެ.

އާމްދަނީ ހޯދަން އާ ހަތަރު ކަމެއް

އަންނަ އަހަރުގެ ބަޖެޓުގައި، އާމްދަނީ ހޯދުމަށް އަލަށް ހުށަހަޅާފައިވާ ކަންތައްތަކުން ބަޖެޓަށް ޖުމްލަ 727 މިލިއަން ރުފިޔާ ލިބޭނޭ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އާމްދަނީ ހޯދަން ބަޖެޓުގައި އަލަށް ހިމަނާފައިވާ ކަންކަމަކީ:

  • ރިއަލް އެސްޓޭޓު ޓޫރިޒަމަށް ބިން ދޫކޮށްގެން: 231.3 މިލިއަން ރުފިޔާ

  • އާ ރިސޯޓު ތަރައްގީ ކުރަން ރަށް ދޫކުރުން: 148 މިލިއަން ރުފިޔާ

  • ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ

  • ޕްލާސްޓިކް ކޮތަޅުން އާ ޓެކުހެއް ނެގުން: 47.7 މިލިއަން ރުފިޔާ

ކޮމެންޓް (3)

ެއަހުމަދު

31 އޮކްޓޯބަރު 2021
ގެއްލުން ވާ ކުންފުނިތައް އުވާލަަބަލަ ކޮބައިތަ މޫކޭގެ ރޯޑް ކޯޕަރޭޝަން މިހާރު ވެސް 170 މިލިއަން ދަރަނި ތިޔަ ކުންފުނިތައް އުވާލަ ބަލަ
0 0

ޝިޔާމު

31 އޮކްޓޯބަރު 2021
700 މިލިއަން ރުފިޔާ ގެ އާންމުދަނީ އެއް ނުލިބޭނެ ތިޔައީ ހުވަފެނީ ކަމެއް އެކުންފުންޏަށް 7 މިލިއަން ދީގެން ކިހިނެއް ކުރާނީ ... އަދި ބުނަން އަލަށް ރިސޯޓް ނެރިގެން މިއަހަރު ވެސް އެންމެ ރަށަކަށް ޝައުގުވެރިކަން ފާޅު ކުރީ ރާއްޖޭގެ ރޭޓިން އުޅުނީ ބީ މައިނަސްގައި ދުނިޔޭގެ އިންވެސްޓަރުންގެ ޝައުގެއްނެތް ޑުބާއީ ފެއަރ އިންވެސް ލިބޭނީ ސުމެއް 6މަސް ވަންދެން އެތާނގާ ކުނާ އަޅައިގެން ނާޗަރަނގީ ކުޅެވޭނީ
0 0

ހަލްފާ

31 އޮކްޓޯބަރު 2021
ތިމާވެށީގެ މެޑަލް ހޯދަން އުޅޭ މީހުންގެ ހާލު..ޒީރޯޓޮލެރަންސް ކޮޔާފަ ދަވާލުމާއި ތަފާތެއްނެތް..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް