ހުޅުމާލެ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ހިޔާ ހިމެނޭހެން ހުޅުމާލޭގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިއްޖެ
ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުންް ވެސް ކަރަންޓުގޮޮސްފައިވާ ކަމަށެވެ.
ތަފްސީލް - ދެ ވަނަ ފިޔަވަހީގެ އިތުރުން ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓު ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ:
-
ކަރަންޓު ކެނޑުނީ ވިނަރެސް ފްލެޓުތަކާ ދިމާލުން ކޮނުމުގެ ތެރޭގައި މައި ކޭބަލަކަށް ގެއްލުން ލިބިގެން
-
މައްސަލަ ދެނަގަނެ، ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދޭ
-
ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި
"ގެއްލުން ވެފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ކޭބަލާ ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑިއިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ،" ސްޓެލްކޯ އިން ބުންޏެވެ.
ގެއްލުން ލިބިފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާ ކަރަންޓުގެ ހިދުމަތް މިހާރު ނުލިބިވާ ސަރަހައްދުތަަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ގެންދަނީ ކުރަމުން. pic.twitter.com/fxrOEEu272
— STELCO (@STELCOMALDIVES) May 31, 2023
އެނގުން މުހިއްމު - 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ އެ ތަނުގައި ދިރިއުޅޭ އާއްމުންގެ ޝަކުވާ ބޮޑެވެ. މިދިޔަ ރޯދަ މަހު ވެސް އެތައް ގަޑިއިރަކަށް ކަރަންޓް ކެނޑުނެވެ.