ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ސްޓެލްކޯ)
2 ގަޑިއިރު ފަހުން ހުޅުމާލެއަށް ކަރަންޓު ދީފި
ހުޅުމާލޭގެ ދެވަނަ ފޭސްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަައް ހިމެނޭ ގޮތަށް ހުޅުމާލޭގެ ވަރަށް ސަރަހައްދުތަކުން ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އަލުން ކަރަންޓް ދީފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނާއި ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުންް ވެސް ކަރަންޓު ދިޔަ ކަމަށެވެ.
ތަފްސީލް - ކަރަންޓު ކެނޑުނީ ވިނަރެސް ފްލެޓުތަކާ ދިމާލުން ކޮނުމުގެ ތެރޭގައި މައި ކޭބަލަކަށް ގެއްލުން ލިބިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކޭބަލް މަރަމާތުކޮށް، ހުރިހާ ސަރަހައްދުތަކަކަށް މިހާރު އަލުްނ ކަރަންޓް ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.