އައިވީއެފް ފަރުވާ ދިނުމަށް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފާޓިލިޓީ ސެންޓަރު (ފޮޓޯ/ރައީސް އޮފީސް)

ޓްރީ ޓޮޕްގައި އައިވީއެފް ހަދަން ބޮޑު ކިއޫއެއް

މި ހިދުމަތް ފެށުމުގެ ކުރިން ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ އަޖުމަ ބެލުމުގެ ސްކްރީނިންގައި ވެސް 270 މީހަކު ބައިވެރިވި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް އިއްޔެ ތައާރަފުކުރުމަކީ ދަރިއަކު ހޯދުމަށް ދިގު އަދި އުނދަގޫ ދަތުރު ކުރާ އެތައް ދެމަފިރިންނަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފެށި މި ހިދުމަތާ އެކު، އަމިއްލަ ގައުމުގައި އާއިލާ އާއި ރައްޓެހިން ކައިރީ ތިބެގެން މި ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވީ އެވެ. ބޮޑު ހަރަދެއްކޮށްގެން ރާއްޖެއިން ބޭރަށް ގޮސް ހޯދާ ފަރުވާ އަމިއްލަ ގައުމުގައި ހުރެގެން ލިބުމުގެ ހިތްހަމަޖެހުން ވެސް ލިބުނީ އެވެ.

މި ހިދުމަތަށް އެދި އެދި ތިބި އެތައް ސަތޭކަ ދިވެހިންނެއް ތިބޭނެ ކަމަށް ޓްރީ ޓޮޕުން ގަބޫލު ކުރެ އެވެ. އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެން މި ހިދުމަތް ފެށުމުގެ ކުރިން ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ އަޖުމަ ބެލުމުގެ ސްކްރީނިންގައި ވެސް 270 މީހަކު ބައިވެރިވި އެވެ. މިއީ މާ ބޮޑު އިޝްތިހާރު ކުރުމެއް ނެތި ދެ ދުުވަހަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސްކްރީނިންއަށް ލިބުނު ތަރުހީބެވެ.

މި ހިދުމަތަށް ސްކްރީނު ކުރި މީހުންގެ ތެރެއިން ފަރުވާ ފަށަން ތިބި މީހުން މިހާރު ވެސް އެބަތިބި ކަމަށް ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓުގައި މަސައްކަތްކުރައްވާ ޑރ. ޒާކިޔާ އަހުމަދު އިއްޔެ ވިދާޅުވި އެވެ.

ޑރ. ޒާކިޔާ ރައީސް ސޯލިހާ ސަލާމްކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

"ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރު ހުޅުވަން އުޅޭތީ އެ ހަބަރު އާންމުންނަށް އެނގުމުން ބޭރަށް ނުގޮސް ވެސް ތިބި ކަމަށް [ބައެއް މީހުން] ބުނި،" ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެ ތަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޒާކިޔާ އިއްޔެ ވިދާޅުވި އެވެ.

ޓްރީ ޓޮޕްގެ ފާޓިލިޓީ ކްލިނިކު:

  • މި ސެންޓަރު ގާއިމްކުރަން މިލިއަނެއްހާ ޑޮލަރު ހަރަދުކުރި

  • މި ތަން ގާއިމްކޮށްފައިވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެން 

  • ތަޖުރިބާކާރު ޓީމަކާ އެކު މި ހިދުމަތް ފަށާއިރު، ރާއްޖޭގެ ފުރަތަމަ ރިޕްރޮޑަކްޓިވް މެޑިސިން ސްޕެޝަލިސްޓް ޑރ. ޒާކިޔާ އަހުމަދު ވެސް އެ ސެންޓަރުގައި މަސައްކަތް ކުރައްވާނެ

  • އައިވީއެފް، އައިޔޫއައި އަދި އައިސީއެސްއައިގެ ފަރުވާ ދޭނެ

  • ދުވާލަކު 6-7 މީހުންނަށް އައިވީއެފްގެ ހިދުމަތް ދެވޭނެ

ޒާކިޔާ ވިދާޅުވީ އައިވީއެފް ފަދަ ފަރުވާއެއް ހޯދަން ޑޮކްޓަރުން ލަފާ ދެނީ އެއް އަހަރުދުވަސް ވަންދެން ދަރިއަކު ހޯދަން ދެމަފިރިން މަސައްކަތްކޮށް ކުއްޖަކު ނުލިބިއްޖެ ނަމަ އެވެ. ޑޮކްޓަރަށް ދައްކައި ސްކްރީން ކުރުމަށް ފަހު، އައިވީއެފްއަށް ދިއުމުގެ ކުރިން އެއަށް ވުރެ އާންމު ފަރުވާތައް ހިޔާރުކުރަން ޑޮކްޓަރުން ލަފާ ދެއްވާނެ ކަމަށް ވެސް ޒާކިޔާ ވިދާޅުވި އެވެ.

އެތައް ބަޔަކަށް ބޭނުންތެރި، މުހިއްމު ފަރުވާއަކަށް ވާތީ، ފާޓިލިޓީ ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް ވެސް ޓްރީ ޓޮޕުން ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. އެގޮތުން، އެޕޮއިންޓްމެންޓް ހެއްދުމަށް:

  • 3351630 ނަންބަރަށް ގުޅައިގެން ނުވަތަ fertility@treetophospital.com އަށް އީމެއިލް ކޮށްގެން އެޕޮއިންޓްމެންޓް ހެދޭނެ

  • އައިވީއެފްގެ ހިދުމަތް ޓްރީ ޓޮޕްގައި ފެށިއިރު، ދީން ހުއްދަ ނުކުރާ، ތިން ވަނަ ފަރާތެއް ބައިވެރިކޮށްގެން ދަރިން ހޯދުމަށް ބޭރު ގައުމުތަކުގައި ކުރާ ސަރޮގެސީ އަދި ތިން ވަނަ ފަރާތެއްގެ ދަރިފަނި ބޭނުންކޮށްގެން ކުރިއަށް ގެންދާ ޕްރޮސީޖާތަައް ކުރިއަކަށް ނުގެންދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް