އާބަންކޯ އާއި އައިއޭސީއާ ދެެމެދު އެމްއޯޔޫގައި ސޮއިކުރަނީ.

އެޗްޑީސީ

އާބަންކޯއިން ހާލުގައި ޖެހިފައިވާ ގައުމުތަކަށް އައިއޭސީއާ ގުޅިގެން އެހީ ދެނީ

އައިއޭސީން ފާހަގަކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް، އެ ތަނަކަށް ހާއްސަ ޕްލޭންތައް ފަރުމާކުރުމުގައި އާބަންކޯ އިން ހަރަކާތްތެރިވާނެ

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ، ހާލުގައި ޖެހިފައިވާ މުސްލިމް ގައުމުތަކަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާ ގުޅިގެން އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯ އާއި އައިއޭސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން:

  • އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް 

  • އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލް

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ، އެހީތެރިކަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް، އެ ތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. އެގޮތުން، އެ ގައުމުތަކުގެ އިދާރާތަކާއި އެހެނިހެން ފަރާތްތަކާ ގުޅިގެން، އެހީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް އެ ޖަމިއްޔާ އިން ފަހިކޮށްދޭނެ އެވެ.

މި އެމްއޯޔޫގެ ދަށުން އާބަންކޯއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި:

  • އައިއޭސީން ފާހަގަކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް، އެ ތަނަކަށް ހާއްސަ ޕްލޭންތައް ފަރުމާކުރުން

  • އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެކަން ޔަގީންކުރުމަށް ތަޖުރިބާކާރުންގެ ޓީމުތަކުން މަސައްކަތްކުރާނެ

  • ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓަޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ

  • އެހީގެ ދަށުން މަޝްރޫއު ހިންގާ ތަން ބަލައި އެ މަޝްރޫއެއް ދެކޮޅު ޖެހޭތޯ ހަދަން ޖެހޭ ދިރާސާ ހެދުމާއި އުމްރާނީ ތަރައްގީގެ ޕްލޭން ހެދުމާއި އެ ތަނެއް ފަރުމާތައް ހެދުމާއި އިމާރާތްކުރުމާއި އެ މަސައްކަތުގެ ފެންވަރު ބެލުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ 

ބުނީ ކީކޭ؟ - އާބަންކޯ އިން ބުނީ، މިއީ އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ. މިއީ އާބަންކޯގެ ފަރާތުން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެންމެނަށް ވެސް ރައްކާތެރި، އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

  • އައިއޭސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަވެރި ސަރަހައްދުތަކާއި މީހުން ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފައިސާ ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެއް

  • ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް