މާލެއިން ސިނަމާލެ ބުރިޖަށް އަރާ ސަރަައްދުގައި ފުލުހުންގެ ކާރެއް ކައިރީ ޓްރެފިކް ފުލުހަކު މަޑުކޮށްލައިގެން: ފުލުހުންގެ ޕިކަޕެއްގައި ޖެހި 43 އަހަރުގެ މީހަކު ވަނީ މަރުވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަރުވި މީހާ ފުލުހުންގެ ޕިކަޕެއްގައި ޖެހުނީ ކާރު ލޭނުން ބާރަށް ދުއްވަނިކޮށް: ޕޮލިސް

އެ ސައިކަލު ޖެހުނީ ފުލުހުންގެ ޕިކަޕެއްގައިކަން މީގެ ކުރިން އެ އިދާރާއިން ހާމަކޮށްފައެއް ނުވޭ

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި މަރުވި މީހާ ދުއްވި ސައިކަލު ޖެހުނީ މަގުގެ އެއް ފަޅީގައި އޮތް ފުލުހުންގެ ޕިކަޕެއްގައިކަން ފުލުހުން އެންމެ ފަހުން މިރޭ ހާމަކޮށްފި އެވެ. ނަމަވެސް، އެ އިދާރާ އިން ބުނީ އެ މީހާ ދުއްވި ސައިކަލު ޕިކަޕުގައި ޖެހުނީ ކާރު ލޭނުން ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް ކަމަށެވެ.

ވީ ކިހިނެއް؟ - ޕިކަޕުގައި ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 43 އަހަރުގެ އެ މީހާ އެކްސިޑެންޓްގައި މަރުވެފައިވާކަން ފުލުހުން ފުރަތަމަ ހާމަކުރިއިރު، އެ އެކްސިޑެންޓް ހިނގީ ސައިކަލެއް ޕިކަޕެއްގައި ޖެހިގެން ކަމަށް ބުންޏަސް، އެއީ ފުލުހުންގެ ޕިކަޕެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ސައިކަލު އައީ ކާރު ލޭނުން ވަރަށް ބާރަށް ދުއްވާފައި ކަމެއް ވެސް ފުލުހުން އޭރަކު ނުބުނެ އެވެ.

އެ ޕިކަޕަކީ ފުލުހުންގެ އުޅަނދެއް ކަމަށް މިއަދު 'މިހާރު' ނޫހުން ރިޕޯޓުކުރުމުން ފުލުހުން ވަނީ މިކަމާ ގުޅޭ ގޮތުން މިރޭ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި ފުލުހުން ބުނީ:

  • ފުލުހުންގެ ޕިކަޕް އެ ވަގުތު އެ ތަނުގައި އޮތީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާ ގޮތަށް ކާރެއް ހުއްޓިފައި އޮތުމުން

  • އެ ވަގުތު ފުލުހުން މަސައްކަތް ކުރަމުން އައީ، ދުއްވާ އެހެން އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކާރު އެ ސަރަހައްދުން ނެގުމަށް

  • ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ޖައްސައިގެން

"އެކްސިޑެންޓް ހިނގާފައި ވަނީ އެ ކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި އެކްސިޑެންޓްވި ސައިކަލު ބާރު ސްޕީޑްގައި ދުއްވާފައި އައިސް އެ ޕިކަޕްގެ ފަހަތުގައި ޖެހިގެން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރުމުން."

އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ފުލުހުން އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް (2)

ލޭން

29 މޭ 2023
ބެންޑް އާއި ދުރަށް އޮންނަ ލޭން ހުސްކޮށް އޮންނަ ނަމަ ދުއްވާފަ ދާއިރު އެ ލޭން އަށް އެރުމަކީ ހުރިހާ ގައުމެއްގައިވެސް ކުރާ ކަމެއް. އަދި ކުރެވޭ ކަމެއް. މައްސަލަ އަކީ ދައުލަތުން ތާކުން ތާކު ނުޖެހޭ މަގެއް ހެދުމާއި ޒަމާނައް ނުފެތޭ ގަވާއިދުތައް 'ހައިވޭ" އެއްގައި ގެންގުޅުން. މި އެކްސިޑެންޓް ގެ ޒިންމާ ފުލުހުންނާއި ދަައުލަތުން ނަގަން ޖެހޭ. ސިގްނަލް ދިނުމަކުން ނުފުދޭ. ދުރުން ފެންނަ ހެން ކޯން ޖަހާ ދުރުން އަންނަ އިރުވެސް ފެންނާނެ ހެން ބަހައްޓަން ޖެހޭ. އަދި ހަމަ އެހެން އެ ބެންޑް އަކީ އެއްވެސް އަލި ކަމެއް ހުންނަ ތަނެއް ނޫން. މީގަ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބާރު ސްޕީޑް ގައި ދުއްވި ކަމަށް ފެނުނު ކަމަށާއި ބުނި ކަމަށް މި ވަނީ އެތާ ތިބި ފުލުހުން. އެމީހުން ބުނާނެ ތަ ތިމަންނަ މެންގެ ފަރުވާ ކުޑަ ކަމުންނޭ؟ ނުބުނާނެ. ސުވާލު އުފެދޭ. ސިޔާސީ މީހުންނަށް އަޅުކަން ކުރަން އުޅޭ ވަރަށް ރައްޔިތުން މިކަހަލަ ކަންކަން އިސްލާހު ވޭތޯ އުޅޭނަމަ ކޮންފަދަ... ގައުމު ހޭލާ!
2 0

ޝައި

29 މޭ 2023
ޙައިވޭ ގައި ދުއްވަނީ ނުރައްކާ ތެރިކޮށް ބާރު ސްޕީޑްގައި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް