މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެވުމަށް ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ފ. މަގޫދޫ

މަގޫދޫ އެއަޕޯޓު 1800 މީޓަރަށް ދިގުކޮށް ޖެޓު ޖެއްސޭނެ އެއާޕޯޓަކަށް ބަދަލުކުރަނީ

ވީއައިޕީ ޓާމިނަލަކާ އެކު، ޖެޓުގައި އަންނަ ކްރޫއިންނަށް ހާއްސަ ހޮޓަލެއްވެސް މަގޫދޫގައި ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި

ފ.މަގޫދޫގައި ތަރައްގީކުރަން ފަށާފައިވާ އެއާޕޯޓް 1800 މީޓަރަށް ދިގުކޮށް ޕްރައިވެޓު ޖެޓު ޖެއްސޭނެ އެއާޕޯޓަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ރައީސް ސޯލިހް މިހެން ވިދާޅުވީ މަގޫދޫގައި ފެނަކައިން އިމާރާތްކުރި އާ އޮފީސް ހުޅުވައި ދެއްވައި ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރުމަށް މިރޭ އެ ރަށުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަަވަމުން ނެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ފ. އަތޮޅުގައި މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ މަގޫދޫ އެއަޕޯޓުގެ މަސައްކަތް ކަމަށެވެ. ފުރަތަމަ އެ މަސަައްކަތް ފަށައިގަތީ 1200 މީޓަރުގެ ދިގު މިނުގެ އެއަޕޯޓެއްގެ ގޮތުގައި ކަމަށް ވިއަސް، މިހާރު އެ އެއާޕޯޓުގެ ދިގުމިން 1800 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ:

  • މިއަދު މިވަނީ 1800 މީޓަރުގެ އެއާޕޯޓަކަށް ބަދަލުކުރަން ނިންމާފައި

  • ބޭނުމަކީ އެ ސަރަހައްދުގައި ހުރި ރިސޯޓުތަކަށް އަންނަ ފަތުރުވެރީންގެ ޕްރައިވެޓް ޖެޓު ޖެއްސޭވަރުގެ އެއަޕޯޓަކަށް އެ އެއާޕޯޓު ބަދަލުކުރުން

  • އެ ޖެޓުތައް އެއަޕޯޓުގައި ޕާކު ކުރެވޭނެ އިތުރު ޕާކިން ސަރަހައްދަކަށް ވީއައިޕީ ޓާމިނަލެއް ގާއިމުކުރާނަން

  • ޖެޓުތަކުގައި އަންނަ ކުރޫއިންނަށް މަޑުކުރެވޭނެ ކުޑަ ހޮޓަލެއް މަގޫދޫގައި ގާއިމުކުރެވޭނެ

  • ދެވަނަ ތަނަކަށް ނުގޮސް މި އެއާޕޯޓަށް ޖައްސާ ބޯޓުތަކަށް ތެޔޮ އެޅޭނެ ފިއުލް ފާމެއް ވެސް އެއާޕޯޓު ނިމިގެންދާއިރު ގާއިމުކުރެވިގެންދާނެ

"އަޅުގަނޑު ހިތުން މި އެއާޕޯޓު ނިމިގެންދާއިރުގައި ރާއްޖޭގައި އޮތް ރީޖަނަލް އެއަޕޯޓުތަކުގެ ތެރެއިން އެންމެ ފުރިހަމަ ރީޖަނަލް އެއަޕޯޓަށް މި އެއަޕޯޓު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - މަގޫދޫގައި އަޅާ އެއަޕޯޓުގެ އަމަލީ މަސައްކަތް 19 އޮކްޓޫބަރު 2022ގައި އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފަ އެވެ. ޖުމްލަ 231.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް