މަގޫދޫ އެއާޕޯޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)
މަގޫދޫ އެއާޕޯޓް އެޅުން ވެސް އެމްޓީސީސީއަށް؛ 231 މިލިއަން ހަރަދުކުރާނެ
ފ. މަގޫދޫގައި އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް، އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއާ 231.5 މިލިއަން ރުފިޔާއަށް މިއަދު ހަވާލުކޮށްފި އެވެ.
އެނގުން މުހިންމު - މަގޫދޫގައި އެއާޕޯޓު އެޅުމަަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އޮގަސްޓް މަހު އެމްޓީސީސީން ވަނީ ފަށާފަ އެވެ. މިދިޔަ ޖެނުއަރީގައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 206.87 މިލިއަން ރުފިޔާއަށް، 650 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ވީ ކިހިނެއް؟ - ހިއްކާ ބިމުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:
-
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު
-
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް
ތަފްސީލް - ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ:
-
231.5 މިލިއަން ރުފިޔާއަށް
-
550 ދުވަސް ނުވަތަ ގާތްގަނޑަކަށް ދޮޅު އަހަރުން ނިންމާ ގޮތަށް
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން:
-
1500 މީޓަރުގެ ރަންވޭއެއް ހަދާނެ
-
އޭޕްރަން އަދި ޓެކްސީވޭ ހަދާނެ
-
ފަޔަ ޕެޑް އަދި ސާވިސް ރޯޑްގައި ތާރު އަޅާނެ
-
ޓާމިނަލް އިމާރާތެއް ބިނާކުރާނެ
-
ފަޔަ ބިލްޑިން، ފަޔަ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރާނެ
-
ސެކިއުރިޓީ ޕޯސްޓްތަކާއި ސަލާމަތީ ވަސީލަތްތައް ގާއިމްކުރާނެ
-
އެއާޕޯޓުގެ ވަށައިގެން ފެންސު ޖަހާނެ
-
އެއަފީލްޑް ލައިޓިން ސިސްޓަމެއް ގާއިމްކުރާނެ
-
މޫސުމާ ބެހޭ އާލާތްތައް ހަރުކުރާނެ
-
ގްރައުންޑް ހެންޑްލިން ވަސީލަތްތައް ގާއިމުކުރުމުގެ
ގުޅުން ހުރި ކަމެއް - އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން:
-
އެއާޕޯޓު އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކާނެ
-
ރަށުގެ ތަރައްގީ އަށާއި އެހެނިހެން ބޭނުންތަކަށް އިތުރު 17 ހެކްޓަރުގެ ބިން ހިއްކާނެ
އޭގެ އިތުރުން، އެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ގޮނޑުދޮށް ވެސް ހިމާޔަތް ކުރާނެ އެވެ. އެގޮތުން:
-
3،339 މީޓަރުގެ ރިވެންޓްމެންޓު ޖަހާނެ
-
90 މީޓަރުގެ ގްރޮއިން ޖަހާނެ
ފ. މަގޫދޫ:
-
މިހާރު ބޮޑުމިނުގައި 22.1 ހެކްޓަރު ހުރޭ
-
އާބާދީ އަކީ ގާތްގަނޑަކަށް 900
-
އެ ރަށުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަން
ކޮމެންޓް (1)
އެކަމަކު