28 އޭޕްރީލް 2023 ވަނަ ދުވަހުގެ ރޭ ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގެ ތެރެެއިން ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

އާ އުސޫލުގެ ދަށުން އެއްވެސް ބަޔަކަށް ބަދަލުދީފައި ނުވާ ކަމަށް ސަރުކާރުން ބުނެފި

މިއުވާން ވިދާޅުވީ އެ އުސޫލުގެ މަގުސަދަކީ "ފައިސާ ދިނުން ނޫން" ކަމަށް

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ބަދަލުދިނުމަށް މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި އުސޫލުގެ ދަށުން މިހާތަނަށް އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައިނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މައްސަލަ- އެ އުސޫލު އާއްމުކުރި ފަހުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އަނބިކަނބަލުންގެ ބައްޕައަށް ސަރުކާރުން ކުރިން ދީފައި އޮތް ރަށެއް އަތުލުމުން އޭގެ ބަދަލުގެ ގޮތުގައި ނ. އަތޮޅުން ރަށެއް ދިން ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އޭގެ އިތުރުން، މަޖިލީހުގެ އެމްޑިޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ވެސް ސަރުކާރުން ބަދަލުދީފައިވާ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.

ވީ ކިހިނެއް؟- މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދުއާ 'ދައުރު' އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ އުސޫލުގެ ދަށުން އެއްވެސް ފަރާތަކަށް މިހާތަނަށް ބަދަލެއް އަދި ފައިސާ ވެސް ދީފައިނުވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ 6 އޮކްޓޯބަރު 2022 (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟- "މި އުސޫލުގެ ދަށުން އެއްވެސް މައްސަލައެއްގެ ބަދަލެއް އަދި އެއްވެސް ފައިސާއެއް މިހާތަނަށް ދީފައެއް ނުވާނެ." މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އުސޫލުގެ މަގުސަދަކީ "ފައިސާ ދިނުމެއް ނޫން" ކަމަށެވެ. 

އަދި ވިދާޅުވީ އެ އުސޫލުގެ ދަށުން އެފަދަ މައްސަލަތައް ހައްލުކުރަން ލަފާދިނުމަށް އެކުލަވާލާފައިވާ ކޮމިޓީއަށް މިހާތަނަށް 34 ފަރާތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނޭ ގިނަ މައްސަލަތަކަކީ ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމައި، އެ މައްސަތަކުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް