އެމްޓީސީސީގެ ހެޑް އޮފީސް: އެ ކުންފުންޏަށް އިންޑިއާ އިން މުވައްޒަފުން ހޯދަން ފޭކު އިއުލާނެއް ކުރި މައްސަލަ ވަނީ ފެންމަތިވެފައި.

އެމްޓީސީސީ

އެމްޓީސީސީއަށް އިންޑިއާ މުވައްޒަފުން ހޯދާ އިއުލާނަކީ ސްކޭމެއް

ދިވެހިން ލިބޭ ވަޒީފާތަކަށް ވެސް އިންޑިއާގެ މަސައްކަތްތެރިން ގެންނަ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އެމްޓީސީސީއަށް ފާޑުކިޔުން އަމާޒުވި
28 އޮކްޓޯބަރު 2021

އެމްޓީސީސީގެ ގިނަ އަދަދެއްގެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިންޑިއާގެ ރެކްރޫޓްމަންޓް ކުންފުންޏަކުން އެ ގައުމުގައި ކޮށްފައިވާ އިއުލާނަކީ ބޮޑު ސުކޭމެއްކަން ފަޅާ އަރައިފި އެވެ.

ވީ ކިހިނެއް؟ - އަފްރީން އިންޓަނޭޝަނަލްގެ ނަމުގައި ކޮށްފައިވާ ކަމަށް ބުނާ އިއުލާނެއްގައި، އެމްޓީސީސީގެ އެކި ލެވަލްގެ 36 ވަޒީފާއަކަށް މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. މިކަމާ ގުޅިގެން، ދިވެހިން ލިބޭ ވަޒީފާތަކަށް ވެސް އިންޑިއާގައި އިއުލާންކޮށްގެން އެ ގައުމުން ބިދޭސީ މަސައްކަތްތެރިން ގެންނަ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އެމްޓީސީސީއަށް ފާޑުކިޔުން އަމާޒުވި އެވެ.

އަފްރީން އިންޓަނޭޝަނަލް އިން ކުރި ކަމަށް ބުނާ އިއުލާން: އެމްޓީސީސީން ބުނަނީ މިއީ ސައްހަ އިއުލާނެއް ނޫން ކަމަށް.

ބުނީ ކީކޭ؟ - އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ޓުވިޓާގައި ވިދާޅުވީ އަފްރީން އިންޓަނޭޝަނަލް އަކީ އެމްޓީސީސީން މުވައްޒަފުން ރެކްރޫޓް ކުރަން ބޭނުންކުރާ އެޖެންސީއެއް ވެސް ނޫން ކަމަށެވެ.

"ތި އިއުލަނަކީ ސުކޭމެއް،" އާޒިމް ވިދާޅުވެފައިވެ އެވެ.

އެނގުން މުހިންމު - އަފްރީންގެ ނަމުގައި ކޮށްފައިވާ ކަމަށް ބުނާ އެ އިއުލާނުގައިވާ ގޮތުން ވަޒީފާ ލިބޭ ފަރާތްތަކުން ރާއްޖޭގައި ތިބުމާއި ކެއުމާ އަދި ދަތުރުފަތުރުގެ ހަރަދު ހަމަޖައްސާނީ އެމްޓީސީސީންނެވެ. އެގޮތުން، އެކައުންޓެންޓުންނާއި އިންޖިނިއަރުން އަދި އެހެން ވެސް މަގާމުތައް ހިމެނޭ ގޮތުން 1،700 ޑޮލަރުން ފެށިގެން 450 ޑޮލަރާ ދެމެދުގެ މުސާރަ ލިބޭ ވަޒީފާތަކަށް މީހުން ހޯދަން ޖަހާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް