ޑރ. އިބްރާހިމް މަނިކު: އޭނާ އަވަހާރަވީ މީގެ ދެ އަހަރު ކުރިން. (ފޮޓޯ/ނޯޓިލަސް ފައުންޑޭޝަން)

ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި ސްކޯލާޝިޕެއް އިއުލާނުކޮށްފި

އިނގިރޭސިވިލާތުގެ ކޮންމެ މެޑިކަލް ޔުނިވާސިޓީއަކުން ވެސް ކިޔެވޭނެ

ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، މިހާރު އަވަހާރަވެފައިވާ ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި، އޭނާގެ އާއިލީ ވިޔަފާރި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިޒަސް އިން ހިންގާ ޔުނިވާސަލް ފައުންޑޭޝަނުން ސްކޯލާޝިޕެއް އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިނގިރޭސިވިލާތުގެ ކޮންމެ މެޑިކަލް ޔުނިވާސިޓީއަކުން ވެސް ކިޔެވޭ ގޮތަށް ދޭ މި ސްކޯލާޝިޕް އިއުލާނުކޮށް، ޔުނިވާސަލް ފައުންޑޭޝަނުން ބުނީ، ސްކޯލާޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ކަމަށެވެ. މިއީ މިހާރު ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންގެ ތެރެއިން ސްޕެޝަލައިޒް ވުމަށް ބޭނުންވާ ޑޮކްޓަރުންނަށް އަމާޒު ކުރާ ސްކޯލާޝިޕެކެވެ.

މި ސްކޯލާޝިޕަށް އޮންލައިންކޮށް ކުރިމަތި ލެވޭނެ އެވެ.

ތަފްސީލް - ސްކޯލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • 1-

    ދިވެއްސަކަށް ވުން

  • 2-

    މެޑިސިންއާ ގުޅޭ ދާއިރާއަކުން ކިޔެވުމަށް ކުރިމަތިލުން

  • 3-

    ޕޯސްޓް ގްރެޖުއޭޓް ލެވެލް (ސްޕެޝަލައިޒޭޝަން)ގެ ކޯހަކަށް ކުރިމަތިލުން

  • 4-

    އިނގިރޭސިވިލާތުގައި ކިޔަވާ ސްކޯލާޝިޕަކަށް ވުން

  • 5-

    ޔުނިވާސިޓީ ޕްލޭސްމެންޓް ލިބިފައިވުން

  • 6-

    އިނގިިރޭސިވިލާތުގެ ވިސާގެ ޝަރުތުތައް ފުރިހަމަވުން

  • 7-

    އެމްބީބީއެސް ފުރިހަމަކޮށްފައިވުން

  • 8-

    އެމްބީބީއެސް ނިންމައި ރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން ދެ އަހަރު ވެފައިވުން

  • 9-

    ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އިސްކަން ދޭނީ ރާއްޖޭގައި ދިވެހި ޑޮކްޓަރުން މަދު (ސްކިލް ޝޯޓޭޖު) ދާއިރާތަކުން ކިޔެވުމަށް ކުރިމަތިލާ ފަރާތްތަކަށް

  • 10-

    ސެލެކްޝަން އިންޓަވިއު އިން ފާސްވުން

  • 11-

    ކިޔަވައި ނިންމުމަށް ފަހު ރާއްޖޭގައި ހިދުމަތްކުރަން އެއްބަސްވުން

އިބްރާހިމް އުމަރު މަނިކުގެ ތައާރަފެއް

  • ޖަރުމަނުން އެމްބީބީއެސް ފުރިހަމަކުރެއްވުމަށް ފަހު އެނެސްތީސިއޮލޮޖީ އިން ސްޕެޝަލައިޒްވެ ވަޑައިގެންނެވި

  • ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ފެއްޓެވި އިރު އެއީ ރާއްޖޭގެ އެންމެ ފުތަމަ އެނިސްތީސިއޮލޮޖިސްޓު

  • އެ ހޮސްޕިޓަލުގެ އެނެސްތީސިއޮލޮޖީ ޑިޕާޓުމެންޓު ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވި

  • ހޮސްޕިޓަލަށް ޒަމާނީ އިކުއިޕްމެންޓު ހަދިޔާކުރެއްވި

  • ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީކުރަންް ވެސް މަސައްކަތް ކުރެއްވި؛ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ޖޮއިންޓް ވެންޗާ ތައާރަފުކުރެއްވުމުގައި އިސް ދައުރެެއް އަދާކުރެއްވި

  • މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އުފައްދަވައި ރާއްޖޭގައި ކާބޮނޭޓޭޑް ބުއިންތައް ބަންދުކުރުމުގެ މަސައްކަތް ކުރެއްވި

  • އަވަހާރަވީ 2020 ވަނަ އަހަރު ސިންގަޕޫރުގައި

ޔުނިވާސަލް ފައުންޑޭޝަން

  • ރާއްޖޭގެ އިގްތިސޯދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ދިވެހި ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒަސް އިން ހިންގާ ޔުނިވާސަލް ފައުންޑޭޝަނުން ފާއިތުވި އަހަރުތަކުގެ ތެރޭގައި 204 ސްކޯލާޝިޕް ފުރުސަތު ދިވެހިންނަށް ދީފައިވޭ

  • އޭގެ ތެރެއިން 51 ސްކޯލާޝިޕް ދީފައި ވަނީ މެޑިސިންގެ ދާއިރާ އިން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް