ބައްޔަކަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކާއި ޑޮކްޓަރަކު ވާހަކަދައްކަނީ. (ފޮޓޯ/އައިޖީއެމްއެޗު)

ޑޮކްޓަރުން

އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ޑޮކްޓަރުންނަށް ހާއްސަ އެލަވެންސެއް ދެނީ

ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކު 10ގެ މަގާމުތަކުގައި މިވަގުތު ތިބީ އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ 14 ބޭފުޅުން

ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ ތެރެއިން ވަކި ރޭންކަކަށް ވުރެ މަތީގެ ޑޮކްޓަރުން، މަސައްކަތްކުރާ ސަރުކާރުގެ ހޮސްޕިޓަލް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ނަމަ، ހާއްސަ އެލަވެންސެއް ދޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އެ ބަދަލަށް އަމަލު ކުރަން ފެށީ މިއަދު އެވެ.

ތަފްސީލު - އެ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި، ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ، 'އެކްސްކްލޫސިވް ސާވިސް ބެނެފިޓް'ގެ ނަމުގައި މި އެލަވެންސް ދޭނީ، ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކު 10 އިން ފެށިގެން މަތީގެ މަގާމުތަކާއި ޑެންޓިސްޓުން ހިމެނޭހެން ސަބް ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނުންނަށް ކަމަށެވެ.

އެެ ފަރާތްތަކަށް މި އެލަވެންސް ދޭނީ:

  • ވަޒީފާ އަދާކުރާ ސަރުކާރުގެ ހޮސްޕިޓަލަށް އެކަނި އެ މުވައްޒަފުންގެ ހިދުމަތް ދިނުމަށް އެއްބަސްވާ ނަމަ

  • އިތުރު އެއްވެސް ތަނެއްގައި ހިދުމަތް ނުދޭން އެއްބަސްވެ، ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލަން އެއްބަސްވާން ޖެހޭނެ

  • އެ މުވައްޒަފަކާއި ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުން

  • މި އެލަވެންސް ދޭނީ އަދި ދޭނެ ވަރެއް ކަނޑައަޅާނީ ކޭސް ބައި ކޭސް އުސޫލުން

އެނގުން މުހިއްމު - ސްޕެޝަލިސްޓު މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކު 10ގެ މަގާމުތަކުގައި މިވަގުތު ތިބީ އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ 14 ބޭފުޅެކެވެ. އެއީ ސީނިއާ ކޮންސަލްޓެންޓު ސްޕެޝަލިސްޓުގެ މަގާމު (ރޭންކް 10)ގަ އެވެ.

އެ ފަރާތްތަކަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާ އެކު 55،675ރ.ގެ މުސާރައެއް ލިބޭއިރު، %20ގެ ކުރިއެރުމާ އެކު ދެން ލިބޭނީ 66،702ރ.ގެ މުސާރަ އެކެވެ.

ރޭންކް 11ގެ މަގާމުގައި މިވަގުތު އެއްވެސް ދިވެއްސަކު މަސައްކަތެއް ނުކުރައްވަ އެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލުގެ ނަތީޖާ

  • ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލު އަންނާނީ އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަނި

  • އާ ޖޮބް މެޓްރިކްސްއަށް ސިއްހީ ދާއިރާގެ ޖުމްލަ 3،710 މުވައްޒަފުން ބަދަލުވާނެ

  • މި ބަދަލާ އެކު، މުސާރަ ދިނުމަށް މި މަހުން ފެށިގެން އަންނަ ޑިސެމްބަރަށް 321 މިލިއަން ރުފިޔާ ހޭދަވާނެ

  • މަހެއްގެ މައްޗަށް 40 މިލިއަން ރުފިޔާ

  • އެއީ އަހަރަކަށް 482 މިލިއަން ރުފިޔާ

ކޮމެންޓް (3)

ކްލިނިކް

1 މޭ 2023
އަހަރުމެން ކްލިނިކް ހިންގާ މީހުން އިނދަ ޖައްސަންތޭ ތިޔާ އުޅެނީ
0 0

އިއްސެ

1 މޭ 2023
މިހާރު އުޅޭ ގިނަ ޑޮކްޓަރުން މާ ވިޔަފާރި ކަންތައްގަނޑު ބޮޑުވުމަކީ ވަރަށްވެސް ހިތާމަހުރި ކަމެއް
2 1

އިއްސެ

1 މޭ 2023
ޝުކުރިއްޔާ ރައީސް އިބޫ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް