ބިދޭސީ މަސައްކަތްތެރިންނަށް ކާނާ ބެހުމަށް ދެ ވޮލަންޓިއަރުން މަސައްކަތުގަ
ބިދޭސީން ރޯދަ ވީއްލަން 13،000 މީލް ޕެކް ބެހި
ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން، ނިމިގެން ދިޔަ ރޯދަ މަހު 13,000 އަށް ވުރެ ގިނަ މީލް ޕެކް ބެހި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މީލް ޕެކް ބެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށް އެމީހުން ރޯދަ ވީއްލުމަށް ކަމަށް އެ ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ތަފްސީލް - އެ ޖަމްއިއްޔާ އިން އިސްނަގައިގެން މީލް ޕެކް ބެހުމުގެ ޕްރޮޖެކްޓް ހިންގި މިއީ ތިންވަނަ އަހަރެވެ.
-
އެ ހަރަކާތަށް މި އަހަރު އާންމު ފަރާތްތަކުންނާއި އަމިއްލަ ވިޔަފާރިތަކުން 424,000ރ. އަށް ވުރެ ގިނަ ފައިސާ ހަދިޔާކޮށްފައިވޭ
ބުނީ ކީކޭ؟ - އެ ޖަމްއިއްޔާ އިން ބުނީ އެ ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
މީގެ އިތުރުން އެ މީލް ޕެކް ހަރަކާތަށް ދިރާގާއި ދަ ސްޕޭސް ފަދަ ޕާޓްނަރުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ލިބޭ އެއްބާރުލުން ފާހަގަކޮށްފައިވެ އެވެ.
-
މީލް ޕެކް ބެހުމުގައި ހަރަކާތްތެރިވި ހީވާގި ވޮލަންޓިޔަރުންގެ މަސައްކަތް ވެސް މިޝަން ފޯ މައިގްރެންޓް ވޯކާސް އިން ފާހަގަ ކުރި
-
އެ ޖަމްއިއްޔާގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ހަރަކާތް ހިންގައި ފުޅާކުރުން