ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޝާޒު މަގާމުގެ ހުވާކުރައްވަނީ. (ފޮޓޯ/މަޖިލިސް

ޝާޒް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރައްވައިފި

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ޝާޒް ކާމިޔާބުކުރެއްވީ %49.96 ވޯޓު ހޯއްދަވައިގެން

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހިމް ޝާޒް، މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި %49.96 ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވި ޝާޒް، މެންބަރުކަމުގެ ހުވާކުރެއްވީ މިއަދު މަޖިލިސް އިދާރާގވައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލު - މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ޝާޒުއަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ.

މަގާމުގެ ހުވާކުރެއްވުމަށް ފަހު، މިއަދުގެ މަޖިލިސް ޖަލްސާގައި ޝާޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މަގާމުގެ ހުވާކުރެއްވުމަށްް ފަހު ޝާޒު ނަޝީދާ ސަލާމް ކުރައްވަނީ. (ފޮޓޯ/މަޖިލިސް)

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ:

  • ހުސައިން ރިޒާ (ޕީޕީއެމް) - 1،226 ވޯޓު؛ %45.51

  • ޝާޒު (އެމްޑީޕީ) - 1،346 ވޯޓު؛ %49.96

  • އަލީ އާރިފް (އެމްއެންޕީ) - 122 ވޯޓު؛ %4.53

އެންގުން މުހިންމު - ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، މިދިޔަ ތިން ދައުރު އެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.

މިއީ، މި ހިނގާ 19 ވަނަ މަޖިީހުގައި ބޭއްވި ދެ ވަނަ ބައި-އިލެކްޝަން އެވެ. ފުރަތަމަ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ވެސް ކާމިޔާބުކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް