ދިވެހިރާއްޖޭގެ އަޑު އިމާރާތް
ކަރެކްޝަންސްގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަން މަޝްވަރާކުރަނީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފީސް، މާފަންނުގައި ދިވެހިރާއްޖޭގެ އަޑު ހިންގަމުން އަންނަ އިމާރާތަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ ކަރެކްޝަންސް މިހާރު ހިންގަމުން އަންނަނީ ގާޒީ ބިލްޑިންގަ އެވެ. ވަރަށް ބޮޑަށް ބާވެފައިވާ އެ އިމާރާތް ތަޅާލަން ނިންމައި އެތަން ހުސްކުރަން ހައުސިން މިނިސްޓްރީން މިހާރު ވަނީ އެތަނުގައި ހިންގަމުން އަންނަ ސަރުކާރު އޮފީސްތަކަށް އަންގައިފަ އެވެ.
ތަފްސީލް - ކަރެކްޝަނުން މިއަދު 'ދައުރު' އަށް ވިދާޅުވީ، ކަރެކްޝަންސްގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ކެރެކްޝަންސް އިން ބުނީ:
-
ގާޒީ ބިލްޑިން ހުސްކުރަން އެންގުމުން ކަރެކްޝަނުގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަން އަޑާ އެކު މަޝްވަރާ އެބަކުރާ ކަމަށް
-
މަޝްވަރާތައް ކުުރަމުން ދިޔަ ނަމަވެސް އެކަން އަދި މުޅިން ހަމަނުޖެހޭ
-
ކަރެކްޝަނުގެ އޮފީސް ބަދަލުކުރެވޭނެ ސީދާ ތާރީހެއް އަދި ބުނަން ދަތި
އެނގުން މުހިންމު - ސަތޭކައަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ކަރެކްޝަން އޮފީސް މިވަގުތު ހިންގަމުން އަންނަނީ ގާޒީ ބިލްޑިންގެ ދެ ފަންގިފިލާއެއްގަ އެވެ. އެއީ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.
ސަރުކާރުގެ އޮފީސްތަކެއް ހިންގަމުން އަންނަ ގާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ތަން ބަދަލުކުރަން ނިންމާފައިވަނީ ޕާކިން ޒޯން އަކަށެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރީން 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ ނިޔަލަށް އެ އިމާރާތް ހުސްކޮށް މި އަހަރުގެ ޖޫން މަސް ތެރޭގައި އިމާރާތް ތަޅާލުމަށެވެ.
ކޮމެންޓް (1)
މުއިއްޒު