އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިމްޕްލިމެންޓިން ޕީޕަލް ފޯކަސްޑް އެކްސެސް ޓު ޖަސްޓިސްގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖު

ވިލާ ކޮލެޖު

ވިލާ ކޮލެޖުން ގުޅިގެން ޝަރުއީ ދާއިރާގެ ކޮންފަރެންސެއް ބާއްވައިފި

އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބައިިވެރިންގެ ފަރާތުން 60އަށް ވުރެ ގިނަ ކަރުދާސް ހުށަހަޅާފައިވޭ

އީކުއަލް ރައިޓްސް އިނިޝިއޭޓިވް (އީއާރުއައި) އާއި ވިލާ ކޮލެޖު ގުޅިގެން 'އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިމްޕްލިމެންޓިން ޕީޕަލް ފޯކަސްޑް އެކްސެސް ޓު ޖަސްޓިސް'ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ނާގަޕޫރުުގެ ސިމްބަޔޯސިސް ލޯ ސްކޫލާ ގުޅިގެން އިއްޔެ އާއި މިއަދު އެ ކޮންފަރެންސް ކުރިއަށް ގެންދިޔައީ ޔޫއެސްއެއިޑާއި ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި)ގެ އެހީތެރިކަމާ އެކު އެވެ.

ތަފްސީލު - އެ ކޮންފަރެންސްގައި 15 ގައުމަކުން މަންދޫބުން ބައިވެރިވިއިރު، އޭގެ ތެރޭ ހިމެނެނީ:

  • އިނގިރޭސިވިލާތް

  • އެމެރިކާ

  • ދެކުނު އެފްރިކާ

  • އަޔަލެންޑް

  • ޖަރުމަން

  • ޔޫކްރޭން

  • ޗައިނާ

  • ދެކުނު ކޮރެއާ

  • ނައިޖީރިއާ

  • ތައިލެންޑް

  • އިންޑިއާ

  • ޕާކިސްތާން

  • ބަންގްލަދޭޝް

  • މެލޭޝިއާ

އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބައިިވެރިންގެ ފަރާތުން 60އަށް ވުރެ ގިނަ ކަރުދާސް ހުށަހަޅާފައިވެ އެވެ.

  • ރާއްޖޭގެ ގާނޫނީ ލިޓަރޭޗާއާ ގުޅުން ހުރި ދެ ފޮތެއް ވިލާ ކޮލެޖުގެ ފަރާތުން ޝާއިއުކުރާނެ

  • ރިސާޗު ކޮންޓްރިބިއުޝަންއާ ގުޅުން ހުރި އިތުރު ފޮތެއް ބޭރުގެ ފަރާތްތަކާ ގުޅިގެން ޝާއިއު ކުރާނެ

މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ހައިބްރިޑް ކޮށެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ގާނޫނީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ދެފުށް ފެންނަ މިންވަރު އަދި އެކައުންޓެބިލިޓީ އާއި އިންކްލޫސިވްނެސްއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް